ރާއްޖޭގައި ސިޔާސީ ފަރާތްތަކުން ކުރާ ވައްކަމާއި އޮޑިޓުތަކުގެ ހަގީގަތް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެދެއްވައިފިއެވެ.
ނަސީމް މިހަގީގަތް ހާމަކުރައްވާފައި މިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ފެނަކައިން ކޮރަޕްޝަންގެ ގިނަ މުއާމަލާތުތަކެއް ކޮށްފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގަައި ނަސީމް ވިދާޅުވީ ސަރުކާރުގެ ވެރިން ރޯމާދުވާލު ވައްކަން ކުރަމުންދާއިރު އޮޑިޓާ ޖެނެރަލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިބެނީ ނިދާފައި ކަމަށެވެ.
ނަމަވެސް އިންތިޚާބުތަކާ ދިމާކޮށް އޮޑިޓު ރިޕޯޓުތައް ނެރޭ ކަމަށާއި، އޭސީސީވެސް ހޭލާކަމަށް ނަސީމް ވިދާޅުވިއެވެ.
އެއަށްފަހު ދެން އަންނަ ސަރުކާރަކުން ޝަރިއަށް ކުރިއަށްގެންދާނެ ކަމަށާއި، ފަސް އަހަރު ފަހުން ހުދު ކާފޫރަށް ވާކަމަށް ނަސީމް ވިދާޅުވިއެވެ.
އަދި އަނެއްކާވެސް ކުރިއަށްވުރެ ވައްކަން އިތުރުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު