ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (ކޮއްކޮ) 36އ ނިޔާވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ހެމޮރެޖިކް ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެގެން އިފްރާހުއަށް އޭޑީކޭގައި ދިޔައީ ފަރުވާ ދެމުންނެވެ.
ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް އެޅުނު ލޭތަކުން ބައެއް ނެގިފައިވާއިރު ދުޅަތިރިކުރުމަށް އެ ދުވަހުގެ ހަވީރު އޭނާ ބާއްވާފައި އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައެވެ. އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އިފްރާހުގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ ހުކުުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. އަދި މޫނު ދެއްކުމާއި މައްޔިތާއަށް ޒިޔާރަތް ކުރުން އޮތީ ހެނދުނު 10:30 ގެ ނިޔަލަށް އާސަހަރާގައެވެ.
ކުލަބު ވެލެންސިއާ އިން ކެރިއަރު ފެށި އިފްރާހު ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު އިފްރާ ވަނީ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ރާއްޖެއިން 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދި ސްކޮޑުގައި ވެސް އިފްރާހް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު