އެމީހުން ކުރީމާ ރަނގަޅު، އެހެންނަމަވެސް އަނެއްބަޔަކު ކުރީމާ ގޯސް ކަންތައްތައް ޢިލްމުވެރިންނަށް ފާހަގަވާ ކަމަށް ވިދާޅުވެ އިޤްތިޞާދީ މާހިރު ނަފާ ނަސީމް ޢިލްމުވެރިންނަށް ފާޑު ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވީ، މާލޭގައި ދާދިފަހުން ހުޅުވި ބެލެންސް ސްޓޫޑިއޯގެ ލޯގޯ އަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކާމެދު ކަންބޮޑުވުން ފާޅު ކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން އެ ލޯގޯއިން ޔޯގާގެ ޙަރަކާތް ރަމްޒު ކޮށްދޭކަމަށް މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
އެގޮތުން ނަސީމް ވިދާޅުވީ މިފަދަ ކަންކަމުގައި ޢިލްމުވެރިން ޢަމަލު ކުރަށްވާގޮތް ސާފު ނުވާކަމަށާއި، އެކަމުގެ ޙަޤީޤަތްވެސް އެނގިލައްވާނީ ޢިލްމުވެރިންނަށް ކަމަށެވެ.
"ބައެއްކަންތައް ހުރޭ އެމީހުން ކުރީމާ ރަގަޅުވެފައި އެހެންމީހުން ކުރީމާ ގޯސް ހަރާން ބިދުއަ. އިޓް ޑިޕެންޑްސް! ބޮޑަށްއެނގޭނީ އެ ޢިލްމު ވެރިންނަށް. އެ ވެދާނެ މަސްލަހާމުރުސަލާގެ ދަށުން ހަށިހެޔޮ ކަމަކަށްވެސް. އެމީހުނަށް ބޮޑަށް އެނގޭނީ. އެމީހުން ބުނީމާ ދެން އެއޮތީ ރަގަޅަށް!" ނަސީމް ވިދާޅުވިއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން "ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި މާލޭގައި ވެލްނަސް ސެންޓަރެއް ވަނީ ހުޅުވައިފައެވެ. އެމްއެފް ބިލްޑިންގުގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެ ސްޓޫޑިއޯގައި އޮކްޓޫބަރު 1 އިން ފެށިގެން ކްލާސްތައް ނަގަން ފަށާނެ އެވެ. އެ ސްޓޫޑިއޯ އިން އެޕޮއިންޓްމަންޓް އުސޫލުން ޕްރައިވެޓް ސެޝަންތައް ވެސް ނަގައިދެއެވެ.

ކިޔުންތެރިންގެ ހިޔާލު