ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ އޮޕަރޭޝަނެއްގެ ތެރެއިން
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ އޮޕަރޭޝަނެއްގެ ތެރެއިން
ބިދޭސީންގެ ވަގުވިޔަފާރި ހުއްޓުވައި ވަގުތުން ޑީޕޯޓް ކުރުމަށް ބޮޑު އޮޕަރޭޝަނެއް މިއަދު ފަށާނެ ކަމަށް ރައީސް ޑރ. މުޢިއްޒު އިއުލާނު ކުރަށްވައިފިއެވެ.

ފ. ނިލަންދޫ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން މިއަދު ބޮޑު އޮޕަރޭޝަނެއް ފަށައި ވަގުތުން އެ ތަންތަން ބަންދުކޮށް، ބިދޭސީން ޑީޕޯޓު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މީގެ ކުރިން ޑީޕޯޓު ކުރަނީ ނަމަކަށް ކަމަށެވެ. އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން، މިހާތަނަށް 8،609 މީހުން ޑީޕޯޓު ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ ބޮޑު އޮޕަރޭޝަން މުޅި ރާއްޖޭގައި މިއަދުން ފެށިގެން ހިންގާއިރު ބޮޑެތި އާބާދީތަކަށް ހާއްސަ ސަމާކަމެއް ދޭނެ ކަމަށާއި، ބިދޭސީން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމުގެ ނަތީޖާއަކީ ވިޔަފާރީގެ ފުރުސަތު ދިވެހިންނަށް ފަހިވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ބިދޭސީންގެ ވަގުވިޔަފާރި ހުއްޓުވައި ވަގުތުން ޑީޕޯޓް ކުރުމަށް ބޮޑު އޮޕަރޭޝަނެއް މިއަދު ފަށާއިރު ކުރަނގި އޮޕަރޭޝަންގެ ދަށުން 178،982 ބިދޭސީންގެ މަޢުލޫމާތު މިސަރުކާރުން ވަނީ އެއްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު