ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލު
ރައީސް ޑރ. މުހައްމަދު މުއިއްޒު އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ޕީއެންއެފްގެ ޓައުންހޯލް ޖަލްސާ ކުރިއަށްދާނެ ކަމަށް ކުރީގެ ސައިންސް މިނިސްޓަރު އަދި ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި ވަނީ މިރޭ އޮންނަ ޕީއެންއެފް ޖަލްސާގެ ކުރިން ރައީސް މުއިއްޒު މީޑިއާ ކޮންޓްރޯލު ބިލު ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ. މިއަދުން ފެށިގެން މީޑިއާ އަދި ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނަށް އަމަލު ކުރަން ޖެހޭނެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި މަލީހު ވިދާޅުވީ ޤާނޫނު ފާސްކުރިޔަސް ޕީއެންއެފް ޓައުންހޯލް ޖަލްސާ ކުރިއަށްދާނެ ކަމަށެވެ.

"ކެރެންޏާ މުއިއްޒު ޖެހޭނީ އަޅުގަނޑުމެންގެ ދޫ ބުރިކޮށްލަން، ބުރިކޮށްފިއްޔާ އިޝާރާތުގެ ބަހުންވެސް މާއްދާ 27 ގެ ބޭނުން ހިފާނަން" މަލީހު ވިދާޅުވިއެވެ.



މިއަދު އަމަލު ކުރަން ފެށި މީޑިއާ އެންޑް ބްރޯޑްކާސްޓިން ޤާނޫނުގެ ދަށުން މީޑިއާތަކުން ފަތުރާ ހަބަރުތައް ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވިގެންދާނެއެވެ.

މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު ތަސްދީގުކޮށް މި ޤާނޫނަށް އަމަލުކުރަން ފަށާފައި މިވަނީ ބައެއް ނޫސްވެރިންނާއި، ބައެއް ޖަމިއްޔާތަކުން މި ބިލު ތަސްދީގުނުކުރުމަށް ގޮވާލަމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު