މާބަނޑު އަނބިމީހާއައް ފިރިހެން ކުއްޖެއްތޯ ލިބެނީ ޔަގީން ކުރަންވެގެން އިންޑިއާގެ ފިރިހެނަކު އޭނާގެ އަނބިމީހާގެ ބަނޑު ފަޅައިލުމުން ބަނޑުގައި އޮތް ތުއްތު ދަރިފުޅު މަރުވެއްޖެ އެވެ.
ބީބީސީ އިން ރިޕޯޓް ކޮށްފައިވާގޮތުން، މިދެމަފިރިންނަށް މީގެކުރިން 5 އަންހެންކުދިން ލިބިފައިވެއެވެ. އަދި ފިރިހެންދަރިއަކު ހޯދުމަށް އަންހެނުންނަށް ޕްރެޝަރ ކުރުމާއި މިކަމާ ގުޅިގެން މިދެމަފިރިންގެ ދެބަސްވުމަކީ އާންމު ކަމެއްްކަމަށް އާއިލާ އިން ބުނެފައިވެއެވެ.
އިންޑިއާގެ ފުލުހުންގެ ރިޕޯޓުތައް ބުނާގޮތުން، މައްސަލަ ތަހުގީގު ކުރުމަށް ހައްޔަރު ކުރެވިފައި ހުރި މިފިރިހެންމީހާ، ގަސްތުގައި އަނބިމީހާއަށް އަނިޔާކުރިކަމަށް ކުރެވޭ ތުހުމަތުތައް ދަނީ ދޮގުކުރަމުންނެވެ. އިންޑިއާގެ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ އަންހެނުންނަށް ގަސްތުގައި އަނިޔާ ނުކުރާކަމަށާއި ބަނޑު ފަޅައިގެން ދިޔައީ އޭނާ ގަސްތުގައި ކުރި ކަމަކުން ނޫން ކަމަށް މިފިރިހެންމީހާ ބުނެފައިވެއެވެ.
އަދި އަނބިމީހާއާ ދިމާލަށް ތޫނު އެއްޗެއް އެއްލިކަމަށް ފިރިހެން މީހާ އެއްބަސްވިޔަސް އެއްލި ހަތިޔާރުން އަނބިމީހާއަށް އަނިޔާއެއް ވެދާނެ ކަމަށް ހީނުކުރާ ކަމަށްވެސް ފިރިހެންމީހާއާ ހަވާލާދީ، ނޫސްތަކުގައި ހާމަކޮށްފައިވެއެވެ.
އިންޑިއާއަކީ ޒަމާނުއްސުރެ ޖިންސުގެ ތަފާތުކުރުން ވަރަށް އާންމު ގައުމެކެވެ. މާބަނޑު އަންހެންމީހާއަށް އަންހެން ދަރިއަކު ލިބުމަކީ ބަދު ނަސީބު ކަމުގައި އެމީހުން ދެކެއެވެ. އެހެންކަމުން ގިނަ އާއިލާތަކުން ބޭނުންވަނީ އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިންނެވެ. މިގޮތުން އަންހެން ކުދިން ނުހޯދާން ވެގެން ބަލިވެ އިނުމުން އެބޯޝަން ހަދައިގެން ދަރި ވައްޓާލުމަކީ ވެސް ވަރަށް އާންމު ކަމެކެވެ. އެގޮތުން އަހަރަކު ގާތްގަނޑަކަށް 460،000 އަންހެން ކުދިން، އެބޯޝަން ހަދައިގެން ވައްޓާލައި ނޫނީ މަރާލާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު