ސިވިލް ސާވިސްގެ މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުން ހުއްދަކުރިނަމަވެސް ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެމުންގެންދާ ގެއްލުންތަކުގައި މަތިނޭޅޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން ހިދުމަތް ދެވޭގޮތަށް ސަރުކާރުން ރަސްމީކޮށް ހަމަޖެއްސެވުމާ ގުޅިގެން ސޯޝަލް މިދިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައެވެ.
އެގޮތުން އެ ޕޯސްޓުގައި އިޔާޒް ވިދާޅުވީ އެއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށަވެސް އިޔާޒް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އިޔާޒް ވިދާޅުވީ މިކަން މިހެން ކުރެއްވިނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މެދުކެނޑުމެއްނެތި ދިވެހި ރައްޔިތުންނަށް ދެމުންދާ ގެއްލުންތަކުގެ މަތިނޭޅޭނެ ކަމަށެވެ.
"އަމިއްލަ މުށުތެރެއަށް ނުލައްވާ އެއްކަމެއްވެސް ނެތް. ނުވީތަނަކަށް އިންތިޚާބަކުން ކާމިޔާބު ނުވެދާނެކަމަށް ބިރަށް ރިޔާސީ ދައުރުވެސް ދައްމާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުއްވީ. ވެރިކަމުގެ ނިޒާމު 'ރަސްކަމަށް' ބަދަލުކުރުމުގެ މަލަމަތި ފެންނަން ފެށީ،" އިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި ހުވާކުރެއްވުމާ ދެމެދު ދިޔަ ދުވަސްތަކުގައި މޮޓޯ ކޭޑުގައި އެކި މިސްކިތްތަކަށް ފަތިސްނަމާދަށް ރައީސް ވަޑައިގެންނެވިތަން ފެނުނު ކަމަށެވެ. ނަމަވެސް މިހާރު އެމަންޒަރު ނުފެންނަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިޔާޒް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ރަޢްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ނޫންކަމެއް ކުރައްވާތަނެއް ނުފެންނަ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީއްސުރެ ދުވަހުން ދުވަހަކަށް ޤައުމުގެ ޙާލަތު ހުރިހާ ގޮތަކުންވެސް ދަށަށް ދާކަަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރުގައި އިތުބާރު ކުރައްވާ، އަދި މަޝްވަރާއެއް ޤަބޫލުކުރައްވާ ހަމަ އެކަކުވެސް ނެތްކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިފަދަ ބޭފުޅުން ވެރިކަން ކުރައްވާނީ ކިހިނަކުންތޯ އައްސަވައި އިޔާޒް ވަނީ ސުވާލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު