ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
ބިދޭސީންގެ މައްސަލަ، މީންދުވަހަކު ހައްލު ނުވާވަރަށް މިސަރުކާރުން ހައްލުކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޙުސައިން މިހެން ވިދާޅުވީ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ޙުސައިން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުނުވެ ދިގުލައިގެން، ޤައުމީ ސަލާމަތައް ނުރަށްވާ ދަރަޖަޔަށް ދިޔައީ ނިމިދިޔަ ސަރުކާރުތަކުން ބޮޑެތި އިހްމާލްތަކެއް ވެފައިވާތީ ކަމަށެވެ.

“ދިވެހީންގެ ރައީސް ޑރ. މުޢިއްޒުގެ ހިތްވަރުގަދަ ޤައުމީވަންތަ މަސައްކަތުން ބިދޭސީންގެ މައްސަލަ، މީންދުވަހަކު ހައްލު ނުވާވަރަށް ހައްލުވަމުންދާކަމީ ޙަޤީގަތް، އިރާދަ ކުރެއްވިއްޔާ ޕީއެންސީގެ ސަރުކާރުން ދިވެހި ލޮބުވެތި ރައްޔިތުން ބަލައިގަންނަ ވަރުގެ ދާއިމީ ހައްލެއް ހޯދައިދޭނެ!” މެންބަރު ޙުސައިން ވިދާޅުވެފައިވެއެވެ.

މެންބަރު ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަމަށް ހައްލު ކުރުމަށް ދަޢުލަތުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި 7635 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފައެވެ.

އަދި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު