އެމެރިކާގެ ޞިއްޙީ އެހީތެރިން ޚިދުމަތުގައި- ކުރީ ސަފުގައި މަސައްކަތްކުރާ މިމީހުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައި
އެމެރިކާގެ ޞިއްޙީ އެހީތެރިން ޚިދުމަތުގައި- ކުރީ ސަފުގައި މަސައްކަތްކުރާ މިމީހުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައި
އެމެރިކާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ހަތަރުލައްކައިން މަތިވެ، އިއްޔެ އެކަނި ވެސް އެމެރިކާއިން 1000 އަށް ވުރެ ގިނަ މީހުންގެ މަރު ރިޕޯޓުކޮށްފި އެވެ.

މި ހަފުތާ ފެށުނުއިރު ވެސް އެމެރިކާގެ އޮފިޝަލުން ވަނީ މި ހަފުތާ ވެގެންދާނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން އެ ގައުމަށް އެންމެ ބޮޑު އަސަރެއް ކުރާނެ ހަފްތާއަށް ވާނެ ކަމަށް ބުނެފަ އެވެ. ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި އިއްޔެ އެމެރިކާ އިން ވަނީ 1،738 މީހުން މަރުވެފަ އެވެ. މިއީ ދުނިޔެއިން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ މީހުންގެ މަރު ރިޕޯޓްކުރި އަދަދެވެ.

މި އަދަދާއެކު ކޯވިޑް-19ގައި އެމެރިކާގައި ޖުމްލަ މަރުވި މީހުންގެ އަދަދު މިވަނީ 12،000 އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި ނިއުޔޯކް އިން އެކަނި ވެސް 4000 އަށް ވުރެ ގިނަ މީހުން ވައިރަހުގެ ސަބަބުން މަރުވެފައިވެ އެވެ.

ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް މިހާރު ކޮށްފައިވާ ގައުމަކީ އެމެރިކާ އެވެ. މުޅި ދުނިޔެއިން 1.4 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު 82000 މީހުން ވަނީ މި ބަލިމަޑުކަމުގައި މި ދުނިޔެއާއި ވަކިވެ ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން