ޤަވާއިދާ ޚިލާފަށް ބިދޭސީއަކު ހިންގި ކެފޭއަކުން ވިސާ ނެތް 3 ބިދޭސީން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ، މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބިދޭސީ ދެ ފިރިހެނަކާއި ބިދޭސީ އަންހެނަކު ކަމަށެވެ.
މާފަންނުގައި ބިދޭސީއަކު އިސްވެ ޤަވާއިދާ ޚިލާފަށް ހިންގަމުން ދިޔަ ކެފޭއިން ތިން ބިދޭސީން ގެންދިޔައީ އެމީހުންގެ އަތުގައި ސައްހަ ވިސާއެއް ނެތުމުންކަމަށް ވެސް، އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަމަށް ހައްލު ކުރުމަށް ދަޢުލަތުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި 7635 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފައެވެ.
އަދި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު