ސުޕްރީމް ކޯޓުން ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ މުއާމަލާތުކުރުމަކީ ޝަރުއީ ދާއިރާގެ ނަޒާހަތްތެރިކަމަށް އުނިކަން ލިބޭ ކަމެއް ކަމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
ހުސްނުއްސުޢޫދު މިހެން ވިދާޅުވެފައި މިވަނީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުއީ ދާއިރާއަށް ކަނޑައަޅަން ނިންމަވާފައިވާކަން އިއުލާނު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓު ރީޕޯސްޓުކޮށް، ސުޕްރީމް ކޯޓުން ރައީސްއަށް މަރުހަބާ ދެންނެވުމާ ގުޅިގެންނެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ހުސްނުއްސުޢޫދު ވިދާޅުވީ ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާއާ ސޯޝަލް މީޑިއާގައި މުޢާމަލާތްކުރުމަކީ ނުހަނު ބޮޑު ސުލޫކީ މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ އަދުލުއިންސާފުގެ ބާރު ގާއިމުކުރުމުގެ އެންމެ މަތީ ކޯޓުން ސޯޝަލްމީޑިއާގައި އެގޮތަށް ރައީސުލްޖުމްހޫރިއްޔާ އާ މުއާމަލާތް ކުރުމަކީ ރަސްމީ އުސޫލާއި، ހަމަތަކާ ވަރަށް ބޮޑަށް ޚިލާފު ކަމެއް ކަމަށާއި، އެއީ ކުރަން ނުވާވަރުގެ ކަމެއް ކަމަށެވެ.
އަދި ޝަރުޢީ ދާއިރާގެ މުޢާމަލާތްތައް ކުރަންވާނީ އެކަމަށް ކަނޑައެޅިފައިވާ ރަސްމީ ގޮތްތަކުން ކަމަށާއި، ޢާންމުކޮށް ހުޅުވާލެވިފައިވާ ތަންތަނުގައި ބަދަލުކުރެވޭ މެސެޖުތަކުގެ ސަބަބުން ޝަރުއީ ދާއިރާގެ ނަޒާހަތްތެރިކަމަށް އުނިކަން ލިބިދާނެ ކަމަށް ހުސްނުއްދުޢޫދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު