ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކުގެ ނަން އާންމުކޮށް، ޖޫރިމަނާ ކުރަން ނިންމައިފައިވާ ކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ދާޚިލީ ވުޒާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިއަންނަ ހޯމަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީންނަށް އިހުމާލުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ދެއްކުމުގެ ކުރިން އެ ޕޯޓަލްގެ އެއްވެސް ހިދުމަތަކަށް އެކްސެސް ނުވެވޭނެ ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.
އޭގެއިތުރުން އިހުމާލުވާ ކޮންމެ ބިދޭސީ މުވައްޒަފަކަށް 50000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ތަކުރާރުކޮށް އިހުމާލުވާނަމަ ވަކި މުއްދަކަށް އެ ހިދުމަތް މެދުކަނޑާލެވޭނެ ކަމަށް އިއުލާނުގައިވެއެވެ. އަދި އިހުމާލުގެ ބާވަތަށް ބަލައި އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ވެސް ޖޫރިމަނާކުރެވިދާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ބިދޭސީންގެ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކަށް އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެކްސްޕެޓް ޕޯޓަލްގެ ތެރެއިން 8900 ފަރާތެއް މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.
އަދި މިހާތަނަށް ކުރެވުނު މަސައްކަތުން 174،152 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށް ދާޚިލީ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތު ދިނުމާއި، ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޙައްލު ކުރުމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ވަޒީފާއާބެހޭ ގާނޫނަށް އެންމެ ފަހުން އިސްލާހު ގެނެސްފައިވަނީ މިިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު