ކައުންސިލްގެ ބްލޮކް ގްރާންޓް ދޭއިރު މިހާރުވެސް ދެވަނައަށް ރިއާޔަތް ކުރަނީ ރަށުގެ ސައިޒަށް ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވެފައި މިވަނީ، ރަށުގެ ބޮޑުމިނަށް ބަލައިގެން ކައުންސިލްތަކަށް ބަޖެޓު ކަނޑައަޅާ އުސޫލު ބަދަލުކުރުމާ ގުޅިގެން މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން އަމީރު ވިދާޅުވީ، 2020 ވަނަ އަހަރު ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް، ބްލޮކް ގްރާންޓްގެ އުސޫލުން ފައިސާ ދޭން ފެށީއްސުރެ، ބްލޮކް ގްރާންޓް ދިނުމަށް، ފިސްކަލް ފޯމިއުލާ ކަނޑައެޅުމުގައި ދެވަނައަށް އެންމެ ބޮޑަށް ރިއާޔަތް ކޮށްފައިވަނީ ރަށުގެ ސައިޒަށް ކަމަށެވެ.
“އަބަދު އޮޅުވާލައި މަކަރު ހަދަން އުޅުނަސް ތީ ދެން ފުކެއް ބޮޑުވަރު.” އަމީރު ވިދާޅުވެފައިވެއެވެ.
އަމީރު މިހެން ވިދާޅުވެފައިވާއިރު، ކައުންސިލްތަކަށް ގްރާންޓް ދިނުމަށް ބޭނުންކުރާ ފިސްކަލް ފޯރމިއުލާއަށް ބަދަލު ގެނައުމަށް ރައީސް މުޢިއްޒު މިހާރުވަނީ ނިންމަވާފައެވެ.
މިހާރު އޮތް ފޯރމިއުލާއިން ބައެއް ކައުންސިލްތަކަށް ގެއްލުން ލިބޭކަން ފާހަގަ ކުރަށްވައި، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފިސްކަލް ފޯރމިއުލާ މުރާޖަޢާ ކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭނެ ގޮތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމުގެ ދަށުން، 2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު، މި ބަދަލާ އެކު ފޯރމިއުލާގެ ކަންކަން ހިމަނައިގެން ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އިއްޒަތްތެރި ރައީސް @MMuizzu އަށް އެނގިވަޑައިނުގަންނަވަނީކަމަށް ވާނީ. 2020 ވަނަ އަހަރު ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް، ބްލޮކް ގްރާންޓްގެ އުސޫލުން ފައިސާ ދޭން ފެށީއްސުރެ، ބްލޮކް ގްރާންޓް ދިނުމަށް، ފިސްކަލް ފޯމިއުލާ ކަނޑައެޅުމުގައި ދެވަނައަށް އެންމެ ބޮޑަށް… pic.twitter.com/E0yx8fsS8l
— Ibrahim Ameer 🇵🇸 (@iameeru) September 6, 2025
އަމީރު މިހެން ވިދާޅުވެފައިވާއިރު، ކައުންސިލްތަކަށް ގްރާންޓް ދިނުމަށް ބޭނުންކުރާ ފިސްކަލް ފޯރމިއުލާއަށް ބަދަލު ގެނައުމަށް ރައީސް މުޢިއްޒު މިހާރުވަނީ ނިންމަވާފައެވެ.
މިހާރު އޮތް ފޯރމިއުލާއިން ބައެއް ކައުންސިލްތަކަށް ގެއްލުން ލިބޭކަން ފާހަގަ ކުރަށްވައި، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފިސްކަލް ފޯރމިއުލާ މުރާޖަޢާ ކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭނެ ގޮތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމުގެ ދަށުން، 2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު، މި ބަދަލާ އެކު ފޯރމިއުލާގެ ކަންކަން ހިމަނައިގެން ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު