އެކްސިޑެންޓުވި ބަސް-
އެކްސިޑެންޓުވި ބަސް-
ސްރީލަންކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މީހުން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓުތަކުގައި ބުނީ އެލަ-ވެލަވަޔާ ނަމަކަށް ކިޔާ މައި މަގުގައި ބަހެއް ވަޅުގަނޑަކަށް ވެއްޓި ހިތާމަވެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި ހާދިސާގައި ޖުމްލަ 15 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ބަހުގައި ދަތުރުކުރި ހަ ފިރިހެނަކާއި ނުވަ އަންހެނުންކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އަދި މި ހާދިސާގައި 18 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ސްރީލަންކާގެ ފުލުހުން ބުނީ މި ބަހަކީ ޓަންގަލޭ މުނިސިޕަލް ކައުންސިލްގެ މުވައްޒަފުން ގޮވައިގެން ދަތުރުކުރި ބަހެއް ކަމަށެވެ.

މި ހާދިސާ އިތުރަށް ތަހުޤީގު ކުރުމުގެ މަސައްކަތް ލަންކާ ފުލުހުން މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު