އިންޑިއާގެ އަވަށެއްގައި ދެ ލޯބިވެރިންގެ މެދުގައި ޖެހުނު މައްސަލައެއްގައި އެއަވަށަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކަރަންޓު ކޭބަލުތައް ބުރިކޮށްލާ މުޅި އަވަށުން ކަރަންޓު ކަނޑާލައިފިއެވެ.

މިހާދިސާ ހިނގީ އިންޑިޔާގެ ބިހާރު ސްޓޭޓްގެ ކުޑަ އަވަށެއްގައެވެ. ކަރަންޓު ކަނޑާލުމަށް ފިރިހެންމީހާ ވަނީ ބޮޑު ވަޔަރ ކަޓަރެއް ހިފައިގެން ކޭބަލު ޕޯސްޓުތަކަށް އަރައި ހުރިހާ ކޭބަލުތައް ބުރިކޮށްފައެވެ.

ފިރިހެންމީހާ އެކަން އެގޮތަށް ކުރީ ތަކުރާރުކޮށް ގުޅުމުންވެސް އަންހެން މީހާ ފޯނު ނުނެގުމުން އެކަމާއި ރުޅިއައިސްގެން ކަމަށް ރިޕޯޓް ތައް ބުނެއެވެ. އެ ފިރިހެންމީހާ ބޮޑު ކަޓަރެއް ހިފައިގެން ކަރަންޓު ތަނބެއްގައި ހުންނަ މަންޒަރު ފެންނަ ވީޑިއޯ އެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އޭގެ ފަހުން ވީޑިއޯގައި ފެންނަގޮތުން އޭނާ ވަނީ އެ ސަރަހައްދުގެ ކަރަންޓު ކަނޑާލުމަށް ކަމަށް ބެލެވޭގޮތަށް ވަޔަރުތައް ކަނޑާލާފައެވެ. މިކަމާއި ގުޅިގެން އަވަށުން އެއްކޮށް ކަރަންޓު ކެނޑުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު