ކޮންފިޑެންސް ނުވަތަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަކީ، ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް ކާމިޔާބީއާ ކުރިމަތިލުމަށްޓަކައި މުހިއްމު ސިފައެކެވެ. މިއީ މީހާގެ ހިތްވަރާއި ޢަޒުމް ވަރުގަދަ ކޮށްދޭ، އަދި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ޤާބިލިއްޔަތުކަން އިތުރުކޮށްދޭ ކަމެކެވެ. ކޮންފިޑެންސް އުނިވުމަކީ، ވަރަށް ގިނަ ފަހަރު ފުރުސަތުތައް ގެއްލި، މީހާގެ ހަށިގަނޑާއި ނަފްސަށްވެސް ނޭދެވޭ އަސަރުތައް ކުރާ ކަމެކެވެ. އެހެންކަމުން ކޮންފިޑެންސް އިތުރުކުރުމަށް ކުރަންވީ ކަންތައް އެނގުމަކީ މުހިންމު ކަމެކެވެ.
ކޮންފިޑެންސް އިތުރު ކުރުމަށް ކުރަންވީ ފުރަތަމަ ކަމަކީ ކޮންމެ ކަމަކަށްވެސް ރަނގަޅަށް ތައްޔާރުވުމެވެ. މަސައްކަތެއް ނުވަތަ ކަމެއް ކުރުމުގެ ކުރިން އެކަމަކާ ބެހޭ އެންމެހާ މައުލޫމާތެއް ހޯދައި، ރަނގަޅަށް ދިރާސާކޮށް، ތަމްރީނުވުމަކީ ކޮންފިޑެންސް އިތުރުކުރާނެ މުހިއްމު ކަމެކެވެ. މިސާލަކަށް، ޕްރެޒެންޓޭޝަނެއް ދިނުމަށް ތައްޔާރުވާއިރު، އެއްޗެހި ރަނގަޅަށް ދަސްކޮށް، ދައްކަންވީ ވާހަކަތައް ތަރުތީބުކޮށް، އެހެން މީހެއްގެ ކުރިމަރީގައި ޕްރެކްޓިސް ކުރެވޭނެއެވެ. މިގޮތަށް ތައްޔާރުވުމުން، މީހާއަށް އެކަމެއްގައި ހުރި ޤާބިލިއްޔަތުކަން އިތުރުވެ، އެކަމެއް ކުރުމަށްޓަކައި ހިތްވަރާއި އަޒުމް ވަރުގަދަވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން، ކަމެއް ކުރަން ފަށާއިރު ކުރިމަތިވާ ހާސްކަމާއި ބިރުވެރިކަން ކުޑަވެ، އަމިއްލަ ނަފްސަށް އިތުބާރު ބޮޑުވެގެންދާނެއެވެ. ކަންކަމަށް ތައްޔާރުވުމަކީ، އެކަންކަމުގައި ކާމިޔާބީ ހޯދުމަށް މަގުފަހިކޮށްދޭ، އަދި ނަފްސުގެ ހިތްހަމަޖެހުން އިތުރުކޮށްދޭ އަސާސެކެވެ.
ދެވަނަ ކަމަކީ، އަމިއްލަ ނަފްސު ޤަބޫލުކޮށް، ނަފްސަށް އިޙްތިރާމްކުރުމެވެ. މިއީ ކޮންފިޑެންސް އިތުރުކުރުމަށް އެންމެ އަސާސީ އެއް ކަމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމަކީ، ކާމިޔާބީ ނުވަތަ ނާކާމިޔާބީ ކަމުގައި ވިޔަސް، އެކަންކަން ޤަބޫލުކޮށް، އަމިއްލަ ނަފްސަށް އެންމެ ފުރިހަމަ ގޮތުގައި އިޙްތިރާމްކުރަން ދަސްކުރަންވާނެއެވެ. އިންސާނުންނަކީ ކުށްކުރެވޭ ބައެއްކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދީ، ނާކާމިޔާބީތަކަކީ ދަސްކުރުމުގެ ފުރުސަތުތަކެއް ކަމުގައި ދެކެންވާނެއެވެ. އެހެން މީހުންނާ އަމިއްލަ ނަފްސު އަޅާކިޔުން ހުއްޓާލައި، އަމިއްލަ ގާބިލިއްޔަތުތަކާއި ހުނަރުތަކަށް ސަމާލުކަން ދިނުމަކީ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަވާނެ ކަމެކެވެ.
ކޮންފިޑެންސް އިތުރުކުރުމަށް ދެން ކުރަންވީ ކަމަކީ ކުދިކުދި ކަންކަމުގައި ކާމިޔާބު ހޯދުމެވެ. ކޮންފިޑެންސް ބިނާވަނީ މަޑުމަޑުން ލިބޭ ކާމިޔާބީތަކުގެ މައްޗަށެވެ. ބޮޑެތި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، ކުދިކުދި، ހާސިލުކުރެވޭނެ ލަނޑުދަނޑިތައް ކަނޑައަޅައި، އެކަންކަން ހާސިލުކުރުމަށް މަސައްކަތްކުރާށެވެ. މިސާލަކަށް، ދުވާލަކު އެންމެ ސަފްހާއެއް ކިޔުން ނުވަތަ ކޮންމެ ދުވަހަކު ކުޑަ ކަމެއް ދަސްކުރުން ފަދަ ކަންކަމެވެ. މި ކުދިކުދި ކާމިޔާބީތަކަކީ މީހާގެ ހިތްވަރު އިތުރުކޮށްދީ، އެކަމަކަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށްދޭނެ ކަންކަމެވެ. ކޮންމެ ކުޑަ ކާމިޔާބީއަކަށްފަހު އަމިއްލަ ނަފްސަށް ހިތްވަރުދީ، އެކަމަށް އުފާކުރުމަކީ ކޮންފިޑެންސް އިތުރުކުރުމަށް ވަރަށް މުހިއްމު ކަމެކެވެ. މިގޮތަށް ކުރިއަށް ދިއުމުން، ބޮޑެތި ކާމިޔާބީތައް ހޯދުމަށް އޮންނަ ހިތްވަރު ވަރުގަދަވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު