މީޑިއާ ބިލުގައި އެއްބަސްނުވެވޭ ކަންކަން އެބަހުރި ކަމަށާއި އެކަންކަން މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި ހާމަކުރަށްވާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ބޭރުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރަށްވައި ކުރީގެ ނޫސްވެރިޔާ އަސްވާޑު ވިދާޅުވީ، ނޫސްވެރިކަމަށް އޭނާ ވަރަށް ލޯބި ކުރަށްވާ ކަމަށާއި، މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ބިލުގައި އެއްބަސްނުވެވޭ ކަންތައްތައް ހުރި ކަމަށެވެ.
އަދި އެބިލުގައި ހުރި ގޯސްތައް އިސްލާހުކުރަން އެންމެ ބޮޑަށް ބޭނުންވާނެ އެކަކަށް އޭނާ ވާނެ ކަމަށްވެސް ތަކުރާރުކޮށް އަސްވާޑު ވިދާޅުވިއެވެ. ނަމަވެސް އެކަންތައްތަކުގެ ތަފްސީލު އަސްވާޑު ދެއްވާފައެއް ނުވެއެވެ.
“އަޅުގަނޑު ދާނަން މަޖިލީހަށް މި ބިލަށް ވާހަކަދައްކަން. ކަންބޮޑުވުންތަކަށް ހައްލު ހޯދަން ވާހަކަ ދައްކަން ދާނަން.” އަސްވާޑު ވިދާޅުވިއެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ނޫސްވެރިން އުލުބައިންދަން ގޮވާލާފައިވާތީ އެކަމާމެދު ސުވާލު ކުރުމުން އަސްވާޑު ވިދާޅުވީ އެއީ އޭނާ ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ.
މީޑިއާ ބިލުގައި އެއްބަސްނުވެވޭ ކަންކަން އެބަހުރި ކަމަށް އަސްވާޑު ވިދާޅުވެފައިވާއިރު، މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.
އަދި އެބިލު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމާފައިވެއެވެ.

ނޫސްވެރި ކަމުގައި އުޅުއްވުމަށް ފަހު،ދައުލަތުގެ ވަޒީރަކަށް ވެވަޑައިގެން ދެއްކެވީ ހުތުރު މަންޒަރެއް.@AswardWaheed pic.twitter.com/ovMo8f5LgZ
— Shaihan Zareer 🎈❓ (@ShaihanZareer) August 28, 2025
މީޑިއާ ބިލުގައި އެއްބަސްނުވެވޭ ކަންކަން އެބަހުރި ކަމަށް އަސްވާޑު ވިދާޅުވެފައިވާއިރު، މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.
އަދި އެބިލު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު