ކައުންސިލްތަކަށް ފާޑުކިޔާއިރު ސަރުކާރުން ދަނީ ބޭކާރު ސިޔާސީ މަޤާމުތައް އުފައްދަމުން ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
އަނަސް މިމޭރުމުން ވިދާޅުވެފައިވަނީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އެޑްވައިޒަރަކަށް ކުރީގެ މިނިސްޓަރު ހަމްދޫން ހަމީދު އައްޔަން ކުރެއްވުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެކަމަށް އިޝާރާތް ކުރަށްވައި ރައީސް ޞާލިޙްގެ ވެރިކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމް އަދާކުރެއްވި އަނަސް ވިދާޅުވީ، ކައުންސިލްތަކުން ބޭކާރު ޚަރަދު ކުރާކަމަށް ސަރުކާރުން ބުނަމުންދާއިރު، ސަރުކާރުންވެސް ކުރަމުން ދަނީ ބޭކާރު ޚަރަދު ކަމަށެވެ.
“ރަށް ރަށަށް ދަތުރުކުރައްވަމުން ޕޯޑިއަމްއަށް އަރައިވަޑައިގެން ކައުންސިލްތަކުން ބޭކާރު ހަރަދުކުރަމުންދާ ވާހަކަ ދައްކަވައި އެކަން ކުށްވެރިކުރައްވަމުން ވަޑައިގަންނަވާއިރު އަމިއްލަފުޅަށް ކުރައްވާ ބޭކާރު ހަރަދުތައް ބައްލަވާ!” އަނަސް ވިދާޅުވެފައިވެއެވެ.
އަނަސް މިހެން ވިދާޅުވެފައިވާއިރު، މާލީ ވަޒީރުގެ އެޑްވައިޒަރަކަށް ޙަމްދޫން އައްޔަނު ކުރަށްވާފައިވަނީ ވަޒީރުންގެ ފެންވަރުގައެވެ. އޭނާ ލަފާ ދެއްވާނީ ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުމަށް ކުރާ މަސައްކަތްތަކަށެވެ.
ސަރުކާރުން ސިޔާސީ މަޤާމުތައް އުފައްދަމުންދާއިރު ކައުންސިލްތަކުން ބޭކާރު ޚަރަދުތައް ކުރަމުންދާތީ އަތޮޅު ކައުންސިލްތައް އުވާލެއްވުމަށް ވިސްނަވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު