ތައުލީމީގޮތުން މަތީ ސަނަދުތައް ހޯދާފައިތިބި ޒުވާނުން ތިއްބާ، އެކަށީގެންވާ ޤާބިލުކަމެއް ނެތް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ދޭނަމަ މި ގައުމު ބިނައެއް ނުކުރެވޭނެ ކަމަށް އިނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތައުލީމީ ގޮތުން ޤާބިލު އެތައް ބަޔަކު ވަޒީފާ ނުލިބިފައި ތިބޭއިރު، ސިޔާސީ ނުފޫޒުން ގިނަ ވަޒީފާތައް ދެމުން ގެންދަނީ އެ މަސައްކަތްތަކަށް އެކަށީގެންވާ ޤާބިލުކަމެއް ނެތް ފަރާތްތަކަށް ކަމަށް ބުނެ ފާޑުކިޔާ މީހުން ވަރަށް ގިނައެވެ. އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާތައް ދިނުމަކީ ރާއްޖޭގައި ސިޔާސީ ޕާޓީ ނިޒާމަށް ވެރިކަން ބަދަލުވިފަހުން އާންމު ކަމެކެވެ. ގިނަ ފަހަރަށް މަގާމުތައް އިއުލާން ކުރާއިރު،
މިއީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައަކަށްވީއިރު މި މައްސަލައަށް އަލިއަޅުވާލައްވަމުން މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ ރާއްޖޭގައި ގިނަ ތައުލީމީ ޒުވާނުން އެއްފަރާތް ކުރެވިފައިވާއިރު، ފުރުސަތުތައް ލިބިގެންދަނީ ގާބިލުކަން ނެތް މަދު ބަޔަކަށް ކަމަށެވެ.
"މިގޮތަށް ގައުމެއް ބިނައެއް ނުކުރެވޭނެ،" ފިރާގު ވިދާޅުވިއެވެ.
ކޮންމެ އަހަރަކު އެތައް ހާސް ގްރެޖުއޭޓުން ވަޒީފާގެ ބާޒާރަށް ނުކުންނައިރު، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި 20،000 އަށްވުރެ ގިނަ ޒުވާނުން ވަޒީފާގެ ފުރުޞަތުތައް ހޯދަން އުޅޭނެ ކަމަށް ފިރާގު ވިދާޅުވިއެވެ.
އެމީހުންގެ މުސްތަގުބަލު ދަތި އުނދަގޫ ކަމުގެތެރެއަށް ހުށަހެޅިފައިވާއިރު އެދުވަހުން އެޒުވާނުންގެ އަނގަމަތީ ޓޭޕު އަޅައި އަޑު މަޑުކުރެވޭނެހޭ ވިދާޅުވެ ފިރާޤު ވަނީ ސުވާލު އުފައްދަވާފައެވެ.

Many educated youth are sidelined, while a handful of people without proper qualifications are given opportunities. A nation cannot be built this way every year thousands of graduates enter the job market, and in the next 3 years over 20,000 youth will be seeking employment…
— Mohamed Firaq (@mohamedfiraq) August 22, 2025
ކޮންމެ އަހަރަކު އެތައް ހާސް ގްރެޖުއޭޓުން ވަޒީފާގެ ބާޒާރަށް ނުކުންނައިރު، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި 20،000 އަށްވުރެ ގިނަ ޒުވާނުން ވަޒީފާގެ ފުރުޞަތުތައް ހޯދަން އުޅޭނެ ކަމަށް ފިރާގު ވިދާޅުވިއެވެ.
އެމީހުންގެ މުސްތަގުބަލު ދަތި އުނދަގޫ ކަމުގެތެރެއަށް ހުށަހެޅިފައިވާއިރު އެދުވަހުން އެޒުވާނުންގެ އަނގަމަތީ ޓޭޕު އަޅައި އަޑު މަޑުކުރެވޭނެހޭ ވިދާޅުވެ ފިރާޤު ވަނީ ސުވާލު އުފައްދަވާފައެވެ.

MAR
HAI
PAR
ކިޔުންތެރިންގެ ހިޔާލު