ޒަކާތާ ގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މި އެޕްލިކޭޝަނަކީ ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޢުލޫމާތުތައް އެއްތަނަކުން ފަސޭހައިން އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤުސަދުގައި ހަދާ އެޕެކެވެ.
ޒަކާތު ހައުސް އިން ބުނީ މި އެޕްލިކޭޝަންގެ މަސައްކަތް ނިމުމުން މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ޒަކާތް ދައްކަން ޖެހޭވަރު ހިސާބު ކުރެވޭނެ އިންތިޒާމާއި، ޒަކާތާއި ގުޅޭ އޮންލައިން ލައިބްރަރީއަކާއި، ޒަކާތު ހައުސްއިން ދެމުންދާ ޚިދުމަތްތައް އާއްމުންނަށް ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، އަންދާސީ ހިސާބު މިހާރު ހުށެއެޅޭނެކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިކަމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން މިމަހު 25 ވާ ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމެޖެހިފައެއިވާ ކަމަށެވެ.
އެހެންކަމުން ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 23 އޮގަސްޓު ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
https://forms.office.com/pages/responsepage.aspx?id=sqDpq4twz0yUxSL_0SUEZ9ACyhUJ7cBBsMTtWFRctdlUNkhGRE83TTc4R0kzRjI5RlBCSElVVTA5Si4u&route=shorturl
މީގެ އިތުރުން އަންދާޒީ ހިސާބު ހުށަހެޅުން އަންނަ ސެޕްޓެމްބަރު މަހުގެ 02 ވާ އަންގާރަ ދުވަހުގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެކަމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު