ބަންޑާރަ މިސްކިތުގެ ސީލިންގގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ، މި ޙާދިސާގެ މަޢުލޫމާތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:25 ގައި ކަމަށެވެ.
އަދި އެ މަޢުލޫމާތު ލިބުމާއެކު، ވަގުތުން ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ޙާދިސާގައި ބަންޑާރަމިސްކިތުގެ ސީލިންގުން ބައެއް ވިރިފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އޭގެއިތުރުން އެމްއެންޑީއެފުން ބުނީ އެޙާދިސާ ހިނގަން މެދުވެރިވީ ސަބަބު ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު