މަރްޔަމް ނަހްދާ ވަޙީދު   19 އޯގަސްޓު 2025 - 17:52
އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްރިތާހުކުރުން- ފޮޓޯ: އެމް.ޑަބްލިޔު.އެސް.ސީ
އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްރިތާހުކުރުން- ފޮޓޯ: އެމް.ޑަބްލިޔު.އެސް.ސީ
އއ. ފެރިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާހުކޮށްފިއެވެ.

ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މިރަސްމިއްޔާތުގައި އެމް.ޑަަބްލިޔު.އެސް.ސީ ގެ މެނޭޖިން ޑިރެޖްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ބުނިގޮތުގައި މިމަޝްރޫޢުގެ ދަށުން، ފެރިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ.

އަދި ފެންރައްކައު ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވެސް ވަނީ ޤާއިމްކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

މީގެ އިތުރުން ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ގުޅައިދީ، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ހާމަކުރިއެވެ.

ހައުސިން މިނިސްޓްރީން އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ސަރުކާރުން ވަނީ 69.33 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު