އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރައްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ޚިތާބުގައެވެ.
ޙާލުގައިޖެހިފައި ތިބި މީހުންނަށް އެހީތެރިކަމާއި، އުންމީދާއި ޝިފާ ހޯދައިދިނުމަށްޓަކައި އަމިއްލަ ނަފުސު ނުރައްކަލަށް ހުށަހަޅައި، ފުރާނައިން ޤުރުބާންވި އިންސާނީ އެހީތެރީންގެ ޛިކުރާ ރައީސް ވަނީ އަދާކުރައްވާފައެވެ.
މި ވޭތުވެދިޔަ ދެތިން އަހަރަކީ، ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިވާ އެންމެ ނުރައްކާތެރި ޙާލަތްތަކުގައި އިންސާނީ އެހީތެރިން ހަރަކާތްތެރިވާން ޖެހިފައިވާ އަހަރުތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިންނަށް އަމާޒުކުރާ ފުރައްސާރަ އާއި މަރުގެ ޙަމަލާތަކާ މެދު ކަންބޮޑުވާ ކަމަށެވެ.
އިންސާނީ އެހީދޭ ފަރާތްތަކަށް ރައްކާތެރިކަމާއެކު އެހީފޯރުކޮށްދިނުމުގެ ފުރުޞަތު ނުލިބުމުން، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަމުގެ އިތުރުން، ކާބޯތަކެއްޗާއި ފެނާއި ބޭސް ފަދަ އަސާސީ ޚިދުމަތްތަކުންވެސް އެ ރައްޔިތުން މަޙުރޫމުވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެފަރާތްތަކުގެ ހިތްވަރާއި އޯގާތެރިކަމަކީ، ޙަޤީޤީ މާނައިގައި ޚިދުމަތްކުރުމާއި އެއްބާރުލުންދިނުން ކަމުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.
ޣައްޒާގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރީންގެ މަސައްކަތް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ފަރާތްތަކުގެ ހިތްވަރުގެ ސަބަބުން، ޢަބުރުވެރި، އަމާން އަދި އިންސާފުވެރި ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތާއި އިންސާނިއްޔަތުގެ ބާރު ދައްކުވައިދޭކަމަށެވެ.
އަދި އިންސާނިއްޔަތުކަމާ ގުޅުންހުރި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، ޙިޔާދިއްޔަތާއި މިނިވަންކަމުގެ އުޞޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެ މަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އޯގާތެރިކަމާއި، އިންސާފާއި އަމާންކަމުގެ ތަރަހައިގެ މަތީގައި މިއަށްވުރެ ހަރުދަނާ ދުނިޔެ އެއް ބިނާކުރުމަށް އޮތް ޖަމަވީ ޒިންމާގެ މަތިން ހަނދާންކޮށްދެއްވައި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އެއްބާރުލުންދިނުމަށް ގޮވާއްލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު