ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕް ގާއިމްކޮށް ދުވާރު އެޅުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
މިއީ، 4000 ފްލެޓުތައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމްކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.
އެގޮތުން، ފޭސް ދޭއްގެ ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ނިރޮޅުމަގުގައި ބަސް ސްޓޮޕް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ ބަސް ސްޓޮޕްގެ މަސައްކަތް އެއްކޮށް މި ހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން އިތުރު ބަސް ސްޓޮޕްތައް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ރާވާފައވާކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
އޭގެ އިތުރުން، އެ ސަރަހައްދަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލަކަށް ހެދުމައްޓަކައި، މަގުތައް މަރާމާތުކުރުމާއި، ދުވާރު ތަރައްގީކުރުމުގެ މަސައްކަތްވެސް އެޗްޑީސީން މިހާރު ވަނީ ފަށާފައެވެ. އެގޮތުން، މިހާތަނަށް އެއް ބްލޮކްގެ ދުވާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އެޗްޑީސީން ބުނީ މި މަސައްކަތްތަކަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށެވެ.
4000 ފްލެޓްގެ މަޝްރޫއަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫއެއް ކަމުގައިވާއިރު، މި ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ގާއިމްކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށްވެސް ހިތްފަސޭހަ ތަނަކަށް ހެދުންކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު