ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ފެންތާނގީ، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިއަދު އިފްތިތާހުކޮށް ރަސްމީކޮށް ބޭނުންކުރަން ފަަށައިފިއެވެ.
އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭ ފޭސް 1 ގައި ގާއިމުކުރި މި ފެންތާނގިއަކީ ޖުމްލަ 10،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ފެންތާނގިއެކެވެ.
މި ފެންތާނގި ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދެވެ.
ދިގުމިނުގައި 24 މީޓަރު އުސް މި ތާނގީގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނައަހަރުގެ ސެޕްޓެންބަރުގެއެވެ.
މި ތާނގި ބޭނުން ކުރަން ފެށުމާއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،600 ޓަނަށް ވަނީ އިތުރުވެފައެވެ. މިއީ ހުޅުމާލޭގައި ފެންރައްކާ ކުރެވޭ މިންވަރަށް އައި 79 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެއާއި ހުޅުމާލޭގައި ފެން ރައްކައުކުރެވޭ ޖުމްލަ މިންވަރު 36،000 ޓަނުން 46،000 ޓަނަށް ވަނީ އިތުރުވެފައެވެ.
ސިނަމާލެ ބްރިޖްމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ 2025 ވަނަ އަހަރުގެ ފެބްރުއަރީމަހުގައި ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ޚިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެން ދާނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު