އިސްތަށިގަނޑު ރީތިކުރުމަށްޓަކައި އެންމެ ފުރަތަަމަ ބަޓާނާ ތެޔޮ ބޭނުންކުރަން ފެށީ އެފްރިކާގެ އުތުރުގައި ދިރިއުޅޭ މީހުންނެވެ. ބަޓާނާ ތެލުގެ ޓްރެންޑް ދުނިޔެއަށް ފެތުރިގެން އައީ މޮރޮކޯގެ އަންހެނުން މި ތެޔޮ ބޭނުންކޮށްގެން އިސްތަށިގަނޑު ބަލަހައްޓަމުން އައި ގޮތް ބޭރު ދުނިޔެއަށް ހާމަވުމާ ގުޅިގެންނެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާގެ ޒަރީއާއިން މި ތެލުގެ ފައިދާތައް މަޝްހޫރުވެ، ބިއުޓީ ބްރޭންޑްތަކުން ބަޓާނާ ތެޔޮ އެކުލެވޭ ބިއުޓީ ޕްރޮޑަކްޓްތައް ތަޢާރަފުކުރަން ފެށުމާއެކު މި ޓްރެންޑް އިތުރަށް ފެތުރެން ފެށިއެވެ.
ބަޓާނާ ތެލަކީ ބަޓާނާ އޮށުން އުފައްދާ ތެލެކެވެ. މި ތެލަކީ ގުދުރަތީގޮތުން އިސްތަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވިގެންވާ ތެލެއްކަމުން މި ބޭނުން ކުރުމުން އިސްތަށިގަނޑު ދުޅަހެޔޮކަމާއެކު ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.
ބަޓާނާ ތެލުގައި ހިމެނޭ ބައެއް ވިޓަމިންތަކުގެ ތެރޭގައި ވިޓަމިން އީ، އޭ އަދި ބީ ހިމެނެއެވެ. މި ވިޓަމިންތަކުގެ ސަބަބުން އިސްތަށިތަކުގެ ފޮލިކަލްތައް ހަރުދަނާވެ، އިސްތަށީގެ ސެލްތައް އާކޮށްދީ އިސްތަށި ބުރިވުން ހުއްޓުވައި ދެއެވެ. މި ތެލުގައި ހިމެނޭ ޒިންކް، އަޔަން އަދި މެގްނީޒިއަމް ފަދަ މިނަރަލްތަކުގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ކާނާ ލިބި، އިސްތަށިތައް ވަރުގަދަ ކޮށްދެއެވެ.
މީގެ އިތުރުން މީގައި ހިމެނޭ ފެޓީ އެސިޑުތަކާއި، ޕްރޮޓީންއާއި އަދި މި ނޫނަަސް އެހެން މާއްދާތަކުގެ ސަބަބުން އިސްތަށިތައް ވަރުގަދަ ކޮށް، މީހާގެ އިސްތަށިގަނޑު ރީތިކޮށްދެއެވެ.
ބަޓާނާ ތެޔޮ ބޭނުން ކުރެވިދާނެ 2 ގޮތެއް:
1- ބޯ މަސާޖުކުރުން
ބޯ ނުދޮވެ ހުންނައިރު ބަޓާނާ ތެޔޮ އިސްތަށިގަނޑަށް އަޅާފައި މަޑުމަޑުން މަސާޖުކުރުމަށްފަހު، މަދުވެގެން 30 މިނެޓް ވަންދެން ބަހައްޓާފައި ބޯ ރަނގަޅަށް ދޮވެލުން.
2- ހޫނުކޮށްގެން ބޭނުންކުރުން
ރޭގަނޑު ނިދާއިރު ކުޑަކޮށް ހޫނުކޮށްފައި ހުރި ބަޓާނާ ތެޔޮ ބޮލުގައި ރަނގަޅަށް އުނގުޅައިގެން ނިދުމަށްފަހު، ހެނދުނު ހޭލާފައި ބޯ ރަނގަޅަށް ދޮވެލާނީއެވެ.

ކިޔުންތެރިންގެ ހިޔާލު