އިމިގްރޭޝަނުން އިއްޔެ ހިންގި ރެއިޑު އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން އިއްޔެ ހިންގި ރެއިޑު އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
ހުޅުމާލެ ފޭސް 2 ގެ ވަޤުތީ މަސް މާރުކޭޓުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ 3 ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ ޓާސްކް ފޯސްއިން ކުރިއަށް ގެންދިއަ ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 2 ގައި ހުންނަ ވަގުތީ މަސް މާރުކޭޓުން ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިއަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަން ހައްލު ކުރުމަށް ދަޢުލަތުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފައެވެ.

އަދި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު