މަރްޔަމް ނަހްދާ ވަޙީދު   14 އޯގަސްޓު 2025 - 16:22
ދަރަވަންދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކުރުން
ދަރަވަންދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކުރުން
ބ. ދަރަވަންދޫގައި އެމް.ޑަބްލިޔު.އެސް.ސީ އިން ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމައި އިފްފިތާހުކޮށްފިއެވެ.

ދަރަވަންދޫގެ ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ ރައީސް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް، ޑރ. މުހައްމަދު މުއިއްޒުއެވެ.

މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

މިމަޝްރޫޢުގެ ދަށުން، ދަރަވަންދޫގައި، ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އާއި، ސީ އައުޓް ފޯލް އަޅައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވަނީ ޤާއިމްކޮށްފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫޢުގެ ދަށުން ވަނީ ފޯރުކޮށްދެވިފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢަށް ސަރުކާރުން ވަނީ 40.29 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު