އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އިދާރީ ހިންގުމުގެ ގަވާއިދުތަކަށް ސަރުކާރުން ގެންނަ ބަދަލުތަކާއެކު، ތިމާވެށި ހިމާޔަތްކުރުމުގެ މުޅި ނިޒާމު ސިޔާސީވެ ގަޑުބަޑުވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
މިކަމާގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ސަރުކާރުގެ މިފަދަ ނުބައްދަލު ކަންކަން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލާފައެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ އީޕީއޭގެ ނަން ބަދަލުކޮށް، ވެރިކަން ކުރާ ފަރާތުގެ ސިޔާސީ ބާރު ސީދާ ހިނގާ ތަނަކަށް އެ އިދާރާ ހެދުމާއި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމާބެހޭ ގަވާއިދު ސިޔާސީ ބޭނުމަށް ބަދަލުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މިއީ މުޅި އިދާރާގެ އޮނިގަނޑަށް ބޮޑެތި ނޭދެވޭ ބަދަލުތަކެއް ގެނެވޭނެ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ އީޕީއޭ އުފައްދާފައިވަނީ 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ތިމާވެށީގެ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ގުދުރަތީ ވަސީލަތްތަކާއި ދިރުންތައް ހިމާޔަތްކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެކި ވެރިކަމުގައި މި އިދާރާގެ މަސައްކަތް ހިފަހައްޓައި، ނުވަތަ މިނިވަންކަމާއެކީ އީޕީއޭގެ މަސައްކަތް ކުރެވޭނެ މާހައުލު ފަހިކޮށްދެމުން އައިސްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. ނަމަވެސް، މި ހަފްތާ ތެރޭގައި ސަރުކާރުން އިސްނަގައިގެން، އީޕީއޭ އުފެއްދުމުގައި ވާ ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދު ގެއްލޭ ގޮތަށް އަދި ހިންގުމަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރުވޭ ގޮތަށް ކުއްލިގޮތަކަށް އިދާރީ އޮނިގަނޑު ބަދަލުކުރުމަކީ ތިމާވެށި ހިމާޔަތްކުރުމަށް މި ސަރުކާރުން އަހައްމިއްޔަތުކަން ނުދޭކަން ފާހަގަވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އިދާރާގެ ނަން ބަދަލުކޮށްފައިވާއިރު، ތިމާވެށި ހިމާޔަތްކުރުމަށް ދީފައިވާ އަހައްމިއްޔަތުކަން ނިޒާމުންވެސް ގެއްލުވާލާފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް އެޕާޓީން ބުނެފައިވެއެވެ.
އެމްޑީޕީން އިތުރަށް ބުނެފައިވާ ގޮތުގައި، ޖަވާބުދާރީ ކުރުމަށް ހުންނަ އެހެނިހެން މުހިއްމު މުއައްސަސާތަކުގެ ބާރުވެސް ހަނިކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ތިމާވެށީގެ ދާއިރާ ހިމާޔަތްކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާގެ ގަވަރނަންސްގެ ބާރުތައް މައި ސަރުކާރަށް ސީދާ ނަގައި، ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް ރީސްޓްރަކްޗާރ ކުރުމަކީ، ސަރުކާރުގެ ޚުދުމުޚުތާރުކަމަށް އިތުރުވާ ބޮޅެކެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނިގޮތުގައި މި މަހުގެ 12 ވަނަ ދުވަހު ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ގެނެވިފައިވާ އިސްލާހުތަކުގެ ސަބަބުން، އީއައިއޭ ޕްރޮސެސްގެ ކްރެޑިބިލިޓީ އެއްކޮށް ގެއްލިފައިވާކަމަށެވެ. މިއީ ފާއިތުވީ 12 ވަރަކަށް އަހަރު ތެރޭގައި މި ގަވާއިދަށް ގެނެވުނު އެންމެ ނުރަނގަޅު އިސްލާހު ކަމުގައިވެސް އެމްޑީޕީން ދެކެއެވެ.
މި އިސްލާހުގެ ސަބަބުން އީއައިއޭ ހެދުމާއި އެޕްރޫވް ކުރުމުގެ ހުރިހާ މަރުހަލާތަކެއް ސިޔާސީ ކުރެވިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. މިއީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ބޭނުންވާ ފަންނީ ލަފާ އެރުވުމަށް އެޅޭ ހުރަހެއް ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އަދި ސިޔާސީ މަގުސަދު ހާސިލުކުރުމަށް އީއައިއޭ އަވަސް މިނުގައި ހެދުމުން މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ފަދަ މުހިއްމު ޑޭޓާގެ އަލީގައި ކަންކަން ނިންމުމަށް ހުރަސް އެޅި، ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ނުރައްކާ ބޮޑު ކަންކަން، ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ހިންގަން ޖާގަ ހުޅުވިގެންދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ތަހައްމަލުކުރަމުން އަންނަ އެއް ގައުމަށް ވެފައި، ދިވެވެހިރާއްޖެއަށް ލިބޭ ހިލޭ އެހީ އެންމެ ބޮޑު މިންވަރަކަށް ލިބޭ ދާއިރާއަކީ ތިމާވެށި ހިމާޔަތްކުރުމަށް ކަމަށްވާތީ، އީޕީއޭ އާއި އީއައިއޭ ހެދުމުގެ މަސްއޫލިއްޔަތު ސިޔާސީ ކުރުމަކީ ދިވެހިރާއްޖެއަށް އެހީވާ ފަރާތްތަކުގެ އިތުބާރު ރާއްޖެއަށް ގެއްލި، ދިވެހިރާއްޖެއަށް ލިބޭ ހިލޭ އެހީގެ މިންވަރު މަދުވާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ މިހާރު ގްރެޖުއޭޓް ވުމަށްފަހު ދިވެހިރާއްޖެއަށް ލިބޭ ހިލޭ އެހީގެ މިންވަރު މަދުވެ، ތަރައްގީގެ އެކިއެކި މަސައްކަތަށް ފައިސާ ހޯދަން ޖެހެނީ ޕްރައިވެޓް ބޭންކިންގެ ނިޒާމުގެ ތެރެއިން ކަމަށްވާއިރު ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގެ ކްރެޑިބިލިޓީ ގެއްލުމުން، ދިވެހިރާއްޖެއަށް މުސްތަގްބަލުގައި ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއިން ޕްރައިވެޓް ސެކްޓަރ ފައިނޭންސް އަދި އިންވެސްޓްމަންޓް ހޯދުމަށްވެސް ދަތިވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ވަނީ، ދިވެހިރާއްޖެ ޑިމޮކްރަސީއަށް މި ކުރާ ދަތުރުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ޖަވާބުދާރީ ކުރެވޭ، ރައްޔިތުންގެ އިތުބާރު އޮތް ސިޔާސީ ނިޒާމެއް އުފެއްދުން ކަމުގައި ބުނެފައެވެ. ނަމަވެސް މި ސަރުކާރުން ރޭވިގެން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ، އެ ނިޒާމު ބަލިކަށިކޮށް، ފުނޑާލައި، ވެރިމީހާ ބާރުވެރިކުރުވުން ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އެމްޑީޕީގެ ބަޔާން ނިއްމާލަމުން ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ބާރު ލިބިގެން ހިންގާ މުއައްސަސާތައްވެސް ސިޔާސީ ކުރުމުގެ ހިތި ނަތީޖާ ލިބޭނީ މި ދިވެހިރާއްޖެއަށް ކަމަށާއި، އެހެންކަމުން މިފަދަ ނޭއްގާނީ ކަންކަމުން ދުރުވެ، މިކަންކަން ހުއްޓާލައި ޑިމޮކްރަސީއާއި ޤާނޫނުގެ ވެރިކަން ހިންގުމަށް ރުޖޫޢަވުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އީޕީއޭއާ ބެހޭގޮތުން މީޑިއާގައި މިހާރު ދައުރު ވަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި އީޕީއޭ އުވާލަނީ ނޫން ކަމަށާއި، އީޕީއޭގެ ނަން ބަދަލުކޮށް، އިދާރީ ހިންގުމުގެ ގަވާއިދުތަކަށް ބައެއް ބަދަލު ގެންނަން ނިންމީކަކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު