އަންނަ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކޮށް އެކަޑަމިކް ކަލަންޑަރު ނެރެފި އެވެ.
2021 ވަނަ އަހަރު ކުރީގެ ސަރުކާރުން ތަޢުލީމީ ދާއިރާގެ ބޮޑު ޗުއްޓީ ޖޫން/ޖުލައި މަހަށް ބަދަލުކުރި ނަމަވެސް، އެ ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ މޫސުމާ ދިމާވާ ދުވަސްވަރަށް ވުމުގެ ސަބަބުން، ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށްބުނެ ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައްޔިތުން އެންމެ ގިނައިން އެދުނު ކަންތައްތަކުގެ ތެރޭގައި، ދިރާސީ އަހަރު ފެށޭ ދުވަސްވަރު ކުރިން އޮތް ގޮތަށް އަނބުރާ ބަދަލުކޮށްދިނުން ހިމެނެއެވެ. އެހެންކަމުން، ބޮޑު ޗުއްޓީ އަލުން ޑިސެންބަރު މަހަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ޢާންމުކުރި ވަގުތީ އެކަޑަމިކް ކަލަންޑަރުގައި ހިމެނޭ މަޢުލޫމާތުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ތަޢުލީމީ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. މި އަހަރުގެ ފުރަތަމަ ޓާމުގެ މެދުތެރޭގެ ޗުއްޓީ ހަމަޖެހިފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފުރަތަމަ ޓާމު ނިމި، ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 ވަނަ ދުވަހުން އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. މި ޓާމުގެ މެދުތެރޭގެ ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަހަރީ ދިގު ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުން ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
2026 ވަނަ އަހަރުގެ ތަޢުލީމީ ކަލަންޑަރުގައި ފާހަގަކޮށްލެވޭ މުހިންމު ތާރީޚުތަކުގެ ތެރޭގައި:
- އޭ ލެވެލް ކިޔަވައިދިނުމުގެ މަސައްކަތް ފެށުން: ޖޫން މަހުގެ 7 ވަނަ ދުވަހު
- ފުރަތަމަ ޓާމުގެ އިމްތިޙާނުތައް: މެއި މަހުގެ 30 ވަނަ ދުވަހުން ޖޫން މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް
- ކޭމްޕާއި އިތުރު ޙަރަކާތްތައް (ކީ ސްޓޭޖް 1 އަދި 2): އޮގަސްޓް މަހުގެ 22 ވަނަ ދުވަހާއި 25 ވަނަ ދުވަހު
- ސްކޫލްތަކަށް ދަރިވަރުން ބަދަލުކުރުން: އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް
- ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްތައް: މާރިޗު މަހުގެ 1 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް އަދި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު
- ދެވަނަ ޓާމުގެ އިމްތިޙާނުތައް: ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް
- 2027 ވަނަ އަހަރުގެ ތަޢުލީމީ މަސައްކަތްތައް ފެށުން: ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު
ފެށުނީއްސުރެ ދިވެހިރާއްޖޭގައި ތަޢުލީމީ އައު އަހަރު ފަށަމުން އައިސްފައިވަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގައިކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު