"ނޫކަށި ފެސްޓިވަލް" ޕޯސްޓަރު، ފޮޓޯ: ޔޫތު މިނިސްޓްރީ
"ނޫކަށި ފެސްޓިވަލް" ޕޯސްޓަރު، ފޮޓޯ: ޔޫތު މިނިސްޓްރީ
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން "ނޫކަށި ފެސްޓިވަލް" ނަމުގައި ހާއްސަ ހަރަކާތެއް ބާއްވާން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 27 އިން 30 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައެވެ.

ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ޒުވާނުންގެ އެކި އުފެއްދުންތައް ދައްކައިދޭ އެކި ސްޓޯލްތައް ހިމެނޭއިރު އޭގެ ތެރޭގައި ޒުވާން ވިޔަފާރިވެރިންގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށާއި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ސްޓޯލުތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ބައެއް ސްޓޯލްތައް ވެސް މި ފެސްޓިވަލްއިން ފެނިގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ހަވީރު ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ރޭގަނޑު އާޓިސްޓުންގެ ލައިވް މިއުޒިކް ޝޯވް ވެސް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު