ތުރުކީވިލާތުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާހުގެ އަސްކަރީ މަނަވަރު ރާއްޖެ ގެނެސްފިއެވެ.
މި މަނަވަރު ބޭނުންކުރަން ފެށުމުގެ ކުރިން މަނަވަރު އިފްތިތާހް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މިއީ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި، ޤާބިލްކަން އިތުރުކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލްވުމަށްޓަކައި، ރަޙުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީ ވިލާތުން ވެދިން އެހީތެރިކަމެކެވެ.
މިކަން ޑިފެންސް މިނިސްޓްރީން ވަނީ 13 އޭޕްރިލް 2025 ގައި ނެރުނު ބަޔާނެއްގައި ހާމަކޮށްފައެވެ.
ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އުޅަނދު ސިފައިންގެ ޚިދުމަތަށް ނެރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ.
މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލުކަން ދިވެހި ސިފައިންނަށް ލިބިގެންދިއުންވެސް މި މަޤުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.
މި އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ވަނީ ތަމްރީން ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު