ގައުމީ ޔުނިވާސިޓީ އިން ދަސްވެނިވާ ދަރިވަރުން، ފޮޓޯ: އެމްއެންޔޫ
ގައުމީ ޔުނިވާސިޓީ އިން ދަސްވެނިވާ ދަރިވަރުން، ފޮޓޯ: އެމްއެންޔޫ
މަތީ ތަޢުލީމު ޙާޞިލުކުރުމަށް އަދާހަމައަށް ސަރުކާރުން 1 ބިލިޔަނަށް ވުރެ ބޮޑު ޢަދަދެއްގެ ފައިސާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

މިނިސްޓްރީން އާންމުކުރި ތަފާސްޙިސާބުތަކުގައި ވާގޮތުން، މިއަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް، މަތީ ތަޢުލީމު ޙާޞިލުކުރަން ދޫކުރި ލޯނު ފައިސާ ވަނީ 1,011,811,520.95 (އެއް ބިލިޔަން، އެގާރަ މިލިޔަން، އަށް ލައްކަ އެގާރަ ހާސް، ފަސްސަތޭކަ ވިހި ރުފިޔާ ނުވަދިހަ ފަސް ލާރި) އަށް އަރާފައެވެ.

މީގެ ތެރޭގައި، 2025 ވަނަ އަހަރުގެ މިހާ ތަނަށް ދޫކުރި 311,441,221.95 (ތިން ސަތޭކަ އެގާރަ މިލިޔަން، ހަތަރު ސަތޭކަ ސާޅީސް އެއް ހާސް، ދުވިސައްތަ އެކާވީސް ރުފިޔާ ނުވަދިހަ ފަސް ލާރި) ހިމެނެއެވެ.

ސަރުކާރުން މިހާތަނަށް 1,159 ފަރާތަކަށް ލޯނު ދޫކޮށްފައިވާއިރު، އޭގެތެރޭގައި 546 ފިރިހެން ދަރިވަރުން އަދި 613 އަންހެން ދަރިވަރުން ހިމެނެއެވެ.

އަދި 2025 ވަނަ އަހަރުގެ މިހާތަނަށް 115 ފިރިހެން ދަރިވަރުންނާއި 167 އަންހެން ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުން ލޯނު ދޫކުރި ފަރާތްތަކުގެ ތެރެއިން ދަސްވެނި ވެފައިވާ ދަރިވަރުންގެ ޢަދަދުތަކަށް ބަލައިލާ އިރު، އަދާހަމައަށް 964 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެއީ 558 ފިރިހެން ދަރިވަރުންނާއި، 406 އަންހެން ދަރިވަރުންނެވެ. މީގެ ތެރެއިން މިއަހަރު ދަސްވެނިވީ 227 ފިރިހެން ދަރިވަރުންނާއި 115 އަންހެން ދަރިވަރުންނެވެ.

ސަރުކާރުގެ ލޯނު އެހީގައި 1676 ދަރިވަރުން ރާއްޖެ ހިމެނޭހެން 40 ޤައުމެއްގައި މިހާރު ކިޔަވަމުން ދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ 681 ފިރިހެން ދަރިވަރުންނާއި 995 އަންހެން ދަރިވަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު