ބަޔަކު ކިތަންމެ ދޮގު ހަބަރުތަކެއް ފަތުރަމުންދިޔަ ނަމަވެސް ޕީއެންސީގެ ޕީޖީ ގްރޫޕު އޮތީ އެކަތިގަނޑެއްހެން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެއުކަމަށް ނިންމައި، ގައުމާއި ރައްޔިތުންގެ ހައްގުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު، މުހައްމަދު އައްބާސް ވިދާޅުވެފައިވަނިކޮށެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ޕީއެންސީ ޕީޖީ ގްރޫޕްގެ ބައްދަލުވުމާއި ގުޅޭގޮތުން ވެލިދޫ ދާއިރާގެ މެމްބަރު، މުހައްމަދު އައްބާސް ވިދާޅުވީ މެންބަރުންނާ މަޝްވަރާކުރުމެއް ނެތި ކުއްލި ކުއްލިއަށް މަޖިލީހަށް ފޮނުވާ ބިލުތަކަށް ވޯޓު ނުދޭނެ ކަމަށް ގިނަ މެންބަރުން ވިދާޅުވި ކަމަށެވެ. އައްބާސް ވިދާޅުވީ ޖުމްލަ ގޮތެއްގައި ގިނަ މެންބަރުން ސަރުކާރުގެ ދެއުޅި އެއްނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑު ވިދާޅުވި ކަމަށެވެ. އަދި ދާއިރާތަކުގެ ތަރައްގީ އެއްވެސް މިންވަރަކަށް ނުހިނގާ ކަމާއި، މޮޅެތި ބަސްތައް ވިދާޅުވުމާއި، ޕްރޮޖެކްޓުތައް އިޢުލާން ކުރެއްވުމާއި، ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވެސް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށް އައްބާސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އައްބާހަށް ރައްދުދެއްވަމުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށްހީކޮށް މިފަދަބުހްތާންދޮގުވާހަކަ ފެތުރުމަކީ ވަރަށްބޮޑުކުށްހީއެއް ކަމަށެވެ.
އަދި މިފަދަ ފިތުނަ ފަތުރައިދޭމަތިން މެމްބަރު އައްބާހަށް ރައީސް ޔާމީން ދާދި ފަހުން 3 މިލިއަން ރުފިޔާ ދިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް މި މެސެޖުން ބާރު ލިބޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
"ޕީއެންސީ ޕީޖީގްރޫޕް އޮތީ އެކަތިގަނޑެށްގޮތަށް ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށްސާބިތުކޮށް، ކިތައްމެ ނުބައިޕްލޭންތަކެށް ރާވާމިފަދަ މޮޔައިންލަށްވާ މިފަދަ މެސެޖު ކުރުވިއަސް އިންޝާ ﷲ ކާމިޔާބެއްނުވާނެ." ފަލާހު ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 73 މާއްދާގެ ހ. ގައި ބުނާ، ރައްޔިތުންގެމަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުންހުންނަންޖެހޭ ކަމަށްބުނާ އެއްމެމުހިއްމު ޝަރުތު، ވެލިދޫދާއިރާގެ މެމްބަރުގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކުވާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
ފަލާހު އިތުރަށް ވިދާޅުވީ މިފަދަ ފިތުނަވެރި ނުބައިވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއްކަމުގައި ދުށުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި މީގެން އަންގައިދެނީ އައްބާހަކީ އެއްވެސް އަޚްލާގެއްނެއިތް ބުއްދިގޯސް މޮޔައެއްކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށްހީކޮށް މިފަދަބުހްތާންދޮގުވާހަކަފެތުރުމަކީ ވަރަށްބޮޑުކުށްހީއެއް،
— Ibrahim Falah (@IbrahimFalahR) August 8, 2025
މެމްބަރު އައްބާހަށްވަނީ މިފަދަފިތުނަ ފަތުރައިދޭމަތިން ޔާމީނު ދާދިފަހުން އެގެއަށްގެނަގޮސް 3 މިލިއަން ރުފިޔާދީފައިވާ ކަމަށްމިދެކެވޭ ވާހަކަތަކަށް މި މެސެޖުންބާރުއެބަލިބޭ،… pic.twitter.com/cGueSGpFWd
"ޕީއެންސީ ޕީޖީގްރޫޕް އޮތީ އެކަތިގަނޑެށްގޮތަށް ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށްސާބިތުކޮށް، ކިތައްމެ ނުބައިޕްލޭންތަކެށް ރާވާމިފަދަ މޮޔައިންލަށްވާ މިފަދަ މެސެޖު ކުރުވިއަސް އިންޝާ ﷲ ކާމިޔާބެއްނުވާނެ." ފަލާހު ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 73 މާއްދާގެ ހ. ގައި ބުނާ، ރައްޔިތުންގެމަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުންހުންނަންޖެހޭ ކަމަށްބުނާ އެއްމެމުހިއްމު ޝަރުތު، ވެލިދޫދާއިރާގެ މެމްބަރުގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކުވާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
ފަލާހު އިތުރަށް ވިދާޅުވީ މިފަދަ ފިތުނަވެރި ނުބައިވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއްކަމުގައި ދުށުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި މީގެން އަންގައިދެނީ އައްބާހަކީ އެއްވެސް އަޚްލާގެއްނެއިތް ބުއްދިގޯސް މޮޔައެއްކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު