އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޒަކާތު ހައުސްއިން ބުނީ މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށްވެސް އެފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.

އެގޮތުން، މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކުން މަޢުލޫމާތު ކަރުދާހާއެކު ތައްޔާރު ކުރެވިފައިވާ ގޫގުލް ލިންކު މެދުވެރިކޮށް ރަޖިސްޓަރ ވެވޭނެކަމަށް އެ އިދާރާއިން ހާމަކުރިއެވެ.

ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައިވަނީ ނިމިދިޔަ 2024ވަނަ އަހަރުގައެވެ.

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.

ފުރަތަމަ މަހާސިންތާއާއި އެއްފަދައިން މި ކޮންފަރެންސްގައިވެސް ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު