މަރުކަޒީ ބޭންކް އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައި، މާކެޓުގައި ދައުރުވަމުންދިޔަ 2.1 ބިލިއަން ރުފިޔާ އެމްއެމްއޭއަށް އަނބުރާ ވައްދައިފިއެވެ.
އެމްއެމްއޭ އިން ބުނީ މިއީ ދިވެހި ރުފިޔާގެ އަގު ދަށްވެ ޑޮލަރުގެ އަގު މަތިވަމުންދާތީ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި އަޅާފައިވާ ފިޔަވަޅުތައް މިއަދު ހާމަކޮށްފައިވާއިރު، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދު ކުރުމަށް، އޯޕަން މާކެޓް އޮޕަރޭޝަންސްގެ ދަށުން ރިވާސް ރީޕާޗޭސް އޮޕަރޭޝަންސް ފަށައިފައިވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުގައެވެ.
“މިގޮތުން ރިވާސް ރީޕާޗޭސްގެ ފުރަތަމަ އޮޕަރޭޝަންއިން ވަނީ ބޭންކިން ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކުރެވިފައި.” އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ މަނީ ސަޕްލައިގެ ގޮތުގައި ހުރީ 64.5 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 10.7 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. މަނީ ސަޕްލައި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރި ބޭންކުތަކުން ސަރުކާރުގެ ސެކިއުރިޓީސް (ޓ-ީބިލް އަދި ޓީ -ބޮންޑް)ގައި އިންވެސްޓް ކުރާ މިންވަރާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ދޫކުރާ ލޯނުގެ މިންވަރު އިތުރުވުން ކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ.
އަދި ސަރުކާރުން އެމްއެމްއޭއަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އެ ފައިސާއަކީ އެކި ދުވަސްވަރު މަތިން ޗާފުކޮށްފައިވާ ފައިސާގެ އަދަދު ކަމަށް އެމްއެމްއޭއިން ބުންޏެވެ. ސަރުކާރުގެ ސެކިއުރިޓީސްގައި ވިޔަފާރި ބޭންކުތަކުން އިންވެސްޓްކޮށްފައިވާ މިންވަރު އަހަރުން އަހަރަށް 20.9 ޕަސަންޓަށް އިތުރުވެފައިވާ ކަމަށާއި ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ ހަ ޕަސަންޓަށް އިތުރުވެފައި ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ ތެރެއިން ރުފިޔާއިން ދޫކޮށްފައިވާ ލޯނު 9.4 ޕަސަންޓަށް އިތުރުވި ނަމަވެސް ބޭރު ފައިސާއިން ދޫކުރާ ލޯނު އިތުރުވެފައިވަނީ އަހަރުން އަހަރަށް ބަލާއިރު 1.6 ޕަސަންޓަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ. ބޭންކިން ނިޒާމުތަކުގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރުފިޔާ ލިކިއުޑިޓީގެ ގޮތުގައި ހުރީ އެވްރެޖުކޮށް ހަތް ބިލިއަން ރުފިޔާ ކަމަށާއި އެއީ، އަހަރުން އަހަރަށް ބަލާއިރު ދެ ޕަސެންޓު އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އެމްއެމްއޭއިން ބުނީ މާކެޓުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު