އަބްދުﷲ ޖަމީލު މޫސާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ މިރޭ ކުރައްވައިފިއެވެ.
ޖަމީލް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ސުޕްރީމް ކޯޓުގައެވެ.
މަގާމުގެ ހުވާ ކުރެއްވުމުން، މަގާމުގެ ލިޔުންކޮޅު އެރުވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމެވެ.
ޖަމީލަކީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް މެޖިސްޓްރޭޓްކަން ކުރެއްވި ބޭފުޅެކެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވިއެވެ.
ހާއްސަކޮށް އޭނާގެ ގާޒީކަމުގައި ސިވިލް ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބެއްލެވިއެވެ.
ޖަމީލާ އެކު ދެން ހައި ކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދެވެ.
ނަމަވެސް އޭނާ މިހާރުވަނީ އަނބުރާ ނަން ނަގާފައެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް 17 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު