އާސަންދައަށް މިއަހަރުގެ މިހާތަނަށް ދަޢުލަތުން 1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖުލައި މަހުގެ 17 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.
މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އާސަންދައަށް ހޭދަކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ.
މީގެ ކުރީގައި ސަރުކާރުން އާސަންދައަށް ހަރަދު ކުރަމުން އައިސްފައިވަނީ 1 ބިލިއަނެއްހާ ރުފިޔާއެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމަށްފަހު މިއަދަދު ދެގުނައަށް އިތުރުވެ، އާސަންދައިން ކުރަންޖެހޭ ހަރަދުތައް ވަނީ އިތުރުވެފައެވެ. އާސަންދައިން ކުރާ ހަރަދުތައް ކޮންމެ އަހަރަކު އިތުރުވަމުންދާއިރު މިކަމަށް ދާއިމީ ހައްލެއް އެއްވެސް ސަރުކާރަކަށް އަދި ހޯދިފައެއް ނުވެއެވެ.
ނަމަވެސް މިސަރުކާރުން ދަނީ އާސަންދަ ނިޒާމަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އާސަންދައިން ދޫކުރާ ބޭހުގެ ތެރެއިން އެންމެ ގިނައިން އާންމުން ބޭނުންވާ 250 ބޭހުގެ އަގު ވަނީ ކޮންޓްރޯލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު