މޮރިޝަސް ކޮމާޝަލް ބޭންކުން ނަގާފައިވާ ލޯނަކަށް 40 ހާހަށްވުރެ ގިނަ ޑޮލަރު ދެއްކުމަށް ޖާހް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
އެމްސީބީން ޖާހްގެ މައްޗަށް ކުރި ދައުވާގައި އެދިފައިވަނީ، 2021 ވަނަ އަހަރު ޖާހް ކުންފުނިން ނަގާފައިވާ ލޯނަށް މިހާތަނަށް ދައްކަންޖެހޭ 43،101.68 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ކުރަންޖެހުނު 25،951.67 ރުފިޔާގެ އިތުރުން ލޯނު ނުދައްކައިފިނަމަ، ލޯން އެގްރީމަންޓްގެ ދަށުން މޯގޭޖް ކޮށްފައިވާ އެންމެހާ ރަހުނުތަކުގެ ހައްގު ހޯދުމަށެވެ. ޖާހް ކުންފުނިން ވަނީ ލޯނު ރަހުނުގެ ގޮތުގައި ބައެއް ގޯތިތައް ހިމަނާފައެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ އެމްސީބީން ނަގާފައިވާ ލޯނަށްވާ އަދަދާއި ޝަރީއަތުގެ ހަރަދުތައް އެއްމަސްދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކޮށްފައެވެ. ސިވިލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ޖާހް ކުންފުންޏާއި ގެރެންޓީދިން ފަރާތްތަކުގެ ޢައިރު ހާޒިރުގައެވެ.
ޖާހް ކުންފުނީގެ މައްޗަށް އެމްސީބީއަށް ގިނައަދަދެއްގެ ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވާއިރު، މިދިޔަމަހުގެ ތެރޭގައި ޖާހްގެ މައްޗަށް ވަނީ ބޭންކް އޮފް ސިލޯނުން ނެގި އޯވަރޑްރާފްޓަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށްވެސް ހުކުމްކޮށްފައެވެ.
ޖާހްގެ މައްޗަށް ދެ ބޭންކަކަށް ފައިސާ ދެއްކުމުގެ ހުކުމެއް އައިސްފައިވާއިރު، ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި “ދަ ގާޑަންސް” ޕްރޮޖެކްޓް މުއްދަތަށް ނުނިންމިގެން އެޗްޑީސީން މިހާރު ވަނީ އެ ފްރޮޖެކްޓް އެ ކުންފުނީގެ އަތުން އަތުލާފައެވެ.
ޖާހުން ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ “ދަ ގާޑެންސް” ޕްރޮޖެކްޓްގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު