ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ސްކޭމް މެސެޖެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވަނީ ސްކޭމް މެސެޖެއް ކަމަށެވެ. މި ސްކޭމް ލިންކަަށް ފިތުމުން ގޫގަލް އެކައުންޓަށް ލޮގިންވާން ބުނާނެ ކަމަށާ ނަމަވެސް ލޮގިން ވެއްޖެނަމަ އެ މީހެއްގެ ޕާސްވޯޑްތައް ސްކޭމް ކުރާ މީހާއަށް ލިބޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގްލް އެކައުންޓްގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އޭގެއިތުރުން ފުލުހުން ބުނީ ގެދޮރުވެރިޔާ ޕޯޓަލުން މީސްމީހުނަށް ލިންކު ނުފޮނުވާނެ ކަމަށާއި، އެއީ އީ-ފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާ ކޮށްފައިވާ ޕޯޓަލެއް ކަމަށެވެ.
އަދި އެފަދަ ލިންކެއް ލިބިއްޖެނަމަ 911 ރިޕޯޓް ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު