އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުންފަދަ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ޝަހީމް ވިދާޅުވީ ބޭނުން ޖެހިފައިވާ މީހުންނަށް ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށެވެ. އަދި ޣައްޒާއަށް އިންސާނީ އެހީފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި ރެޑްކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއްވުމަށް ޑރ. ޝަހީމް ވަނީ ގޮވާލައްވާފައެވެ.
“ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ
އޭގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ، އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެއް ކަމަށެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު ފަލަސްތީނާ ގުޅޭ އދ.ގެ ބައްދަލުވުމަކަށް އެމެރިކާއަށް ވަޑައިގަންނަވަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިސާ އަށް އެދިވަޑައިގަތުމުން ވިސާ ނުދީ އެ ގައުމުން ވަނީ ހިފަހައްޓައިފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމެރިކާއަށް ވަޑައިގެންނެވުމަށްޓަކައި ލަންކާގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑރ. ޝަހީމް ހުށައެޅުއްވި އެޕްލިކޭޝަން ބަލައި ނުގަނެ ވަނީ ރިޖެކްޓުކޮށްފައެވެ. އެހެންނަމަވެސް އެޕްލިކޭޝަން ރިޖެކްޓު ކުރި ސަބަބެއް އެމްބަސީން ޑރ. ޝަހީމަށް އަންގާފައެއް ނުވެއެވެ.
ޣައްޒާއިން މިހާރު ކާބޯތަކެތި އެއްކޮށްހެން ހުސްވެފައިވާއިރު، ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 147 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 88 ކުޑަކުދިން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު