ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލި އިގްތިސާދީ ހާލަތު ދަށްވަމުންދާއިރު މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު މުނައްވަރު ހަނު ހުންނަވާކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ބާޒާރުގައި އާފަލެއްގެ އަގު 10 ރުފިޔާއަށް އަރައި ފިޔާ ކިލޯއެއްގެ އަގު 50 ރުފިޔާއިން މައްޗަށްގޮސް، ކާބޯތަކެއްޗަށް ދަތިވެއްޖެކަމަށެވެ.
އަދި ބޭސް ނުލިބޭއިރު ޒަރޫރީ މުދަލުގެ އަގުތައް އުފުލި ޑޮލަރު ގަންނަން ލިބޭ އަގުވެސް މިއަދު 20.20 ރުފިޔާއަށް އަރާފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެ. ސަރުކާރުން ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރައިފި. ރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ" ފައްޔާޒު ވިދާޅުވިއެވެ.
މި ހާލަތައް ކަންތައް ދިޔައިރުވެސް ގާނޫނު އަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އަދި މިކަންކަމާ ކަންބޮޑުވެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ލިޔުމުން ބައްދަލުކުރަން އެދުމުންވެސް ގަވަރުނަރާ ބައްދަލުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގައުމުގެ ހާލަތު ސާފުކުރަން މަސައްކަތް ކުރެއްވުމުން ގަވަނަރު ފިއްލެވީ ކަމަށެވެ. އެމްއެމްއޭއިން ޖަވާބު ނުދޭތާނގާ ރައްޔިތުންނަށް ކުރީ ބޮޑު މަލާމާތެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
"މިއީ ރައްޔިތުންގެ ހާލަތު ދަންނަ އަދި ބަލަން ބޭނުން ސަރުކާރެއް ނޫން. އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިޔައީކީ ނޫން، ރުފިޔާގެ އަގު ދަށަށް ދިޔައީ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އަދިވެސް ދުވަހެއް ދުވަހަކަށް ދަށަށް" ފައްޔާޒު ވިދާޅުވިއެވެ.

އާފަލެއްގެ އަގު 10ރ، ފިޔާ ކިލޯއެއްގެ އަގު 50ރ އިން މަތީގައި، ކާބޯތަކެއްޗަށް ދަތިވެއްޖެ، ބޭސް ނުލިބޭއިރު ޒަރޫރީ މުދަލުގެ އަގުތައް އުފުލިއްޖެ، ޑޮލަރުގެ އަގު ހުރީ 20.20ރ އިން މަތީގައި. ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެ. ސަރުކާރުން ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް… pic.twitter.com/4MKk7yPynp
— Fayyaz Ismail (@faya_i) July 30, 2025
މި ހާލަތައް ކަންތައް ދިޔައިރުވެސް ގާނޫނު އަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އަދި މިކަންކަމާ ކަންބޮޑުވެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ލިޔުމުން ބައްދަލުކުރަން އެދުމުންވެސް ގަވަރުނަރާ ބައްދަލުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގައުމުގެ ހާލަތު ސާފުކުރަން މަސައްކަތް ކުރެއްވުމުން ގަވަނަރު ފިއްލެވީ ކަމަށެވެ. އެމްއެމްއޭއިން ޖަވާބު ނުދޭތާނގާ ރައްޔިތުންނަށް ކުރީ ބޮޑު މަލާމާތެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
"މިއީ ރައްޔިތުންގެ ހާލަތު ދަންނަ އަދި ބަލަން ބޭނުން ސަރުކާރެއް ނޫން. އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިޔައީކީ ނޫން، ރުފިޔާގެ އަގު ދަށަށް ދިޔައީ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އަދިވެސް ދުވަހެއް ދުވަހަކަށް ދަށަށް" ފައްޔާޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު