މަސައްކަތުގެ މާހައުލުގައި އެކި ކަންކަހަލަ ގޮންޖެހުންތައް ދިމާވި ނަމަވެސް، ރައްޔިތުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މި އަހަރު ފުރަތަމަ 6 މަސްދުވަސްތެރޭ ކޮށްފައިވާ މަސައްކަތްތައް މުރާޖާ ކުރުމަށް ބޭއްވި ބައްދަލުވުން ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
'އަހަރު މެދު މުރާޖާ' ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓްރީގެ އެކި ސެކްޝަންތަކުގެ މުވައްޒަފުން ބައިވެރިވެ، މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މިއަހަރުގެ މިހާތަނަށް މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބު ހިއްސާކުރުމާއި، މަސައްކަތްކުރުމުގައި ދިމާވާ އެކި ދަތިތައްވެސް ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މަސައްކަތްކުރުމުގައި ފަރުވާ ތެރިވުމަށާއި ހަވާލުކުރެވޭ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.
މިނިސަޓްރީން ބުނީ އަހަރު ދެބައިވުމާއެކު މަސައްކަތްތައް މުރާޖާކުރަން ފެށުމުން ކުރިއަށް އޮތްތަނުގައި މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމަށެވެ.

މިނިސްޓްރީގެ 2025 ވަނަ އަހަރުގެ 'އަހަރު މެދު މުރާޖާ' ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙް. pic.twitter.com/kGMyWlNnmk
— Ministry of Cities, Local Government, Public Works (@MoCLPmv) July 29, 2025
'އަހަރު މެދު މުރާޖާ' ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓްރީގެ އެކި ސެކްޝަންތަކުގެ މުވައްޒަފުން ބައިވެރިވެ، މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މިއަހަރުގެ މިހާތަނަށް މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބު ހިއްސާކުރުމާއި، މަސައްކަތްކުރުމުގައި ދިމާވާ އެކި ދަތިތައްވެސް ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މަސައްކަތްކުރުމުގައި ފަރުވާ ތެރިވުމަށާއި ހަވާލުކުރެވޭ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.
މިނިސަޓްރީން ބުނީ އަހަރު ދެބައިވުމާއެކު މަސައްކަތްތައް މުރާޖާކުރަން ފެށުމުން ކުރިއަށް އޮތްތަނުގައި މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު