މަރްޔަމް ނަހްދާ ވަޙީދު   28 ޖުލައި 2025 - 9:7
ހަރުފަ މަރާލި ކުއްޖާ-
ހަރުފަ މަރާލި ކުއްޖާ-
ކުޑަކުއްޖަކު ވިހަގަދަ ހަރުފައެއްގައި ދަތް އަޅައި އެ ހަރުފަ މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ބިހާރް ގައެވެ. އެގޮތުން ހަރުފައިގައި ދަތް އަޅާފައިވަނީ އުމުރުން އެއް އަހަރުގެ ގޯވިންދާ ނަމަކަށް ކިޔާ ކުޑަކުއްޖެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާ-ނޭޕާލް ބޯޑަރާ ކައިރީގައި އޮންނަ ބެޓިއާގައި އޭނާގެ ގޭގައި ކުޅެމުންދަނިކޮށް ކޯބްރާ ހަރުފައެއް އައިސް ގޯވިންދާ ގައިގައި އޮޅާލީކަމަށެވެ. ގޯވިންދާ ހަރުފައަށް ހަމަލާ ދިނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ކުއްޖާގެ އާއިލާގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، "ކުއްޖާގެ ގައިގައި ހަރުފަ އޮޅާލައިގެން އުޅޭ މަންޒަރު ފެނުމުން މީހުން ކުއްޖާ ސަލާމަތް ކުރަންވެގެން ގޮސް ބެލިއިރު މަރުވެފައި އޮތީ ހަރުފަ ކަމަށެވެ. އަދި ހަރުފައިގެ ގައިގައި ގޯވިންދާ ދަތްއެޅުމުން ކޯބްރާ މަރުވެ ކުއްޖާގެ ޚަބަރު ހުސްވީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހަރުފައިގައި ދަތްއެޅުމުން ހޭނެތިފައިވާ ކުއްޖާއަށް ފަރުވާދިން ހޮސްޕިޓަލުން ބުނީ ހަރުފައިގެ ވިހައިގެ އަސަރު ކުއްޖާއަށް ކޮށްފައިވާ މިންވަރު ކުޑަކަމުން ގޯވިންދާގެ ފުރާނަ ސަލާމަތްކުރެވިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު