ފުލުހުންގެ ޔުނީފޯމުން ދައްކުވައިދެނީ ޤައުމާއި ރައްޔިތުންނަށްޓަކައި ކޮށްދެވޭ ޚާއްސަ ޚިދުމަތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ ނަވީން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސިފައިންނާއި ފުލުހުންނާއި ބަދައްލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ކޮމިޝަނަރ ނަވީން ވިދާޅުވީ، ފުލުހުންނަކީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި ބައެއް ކަމަށެވެ. އަދި މުޖްތަމައުގެ މިނިވަންކަމާއި އަމަން އަމާންކަން ގާއިމްކޮށް ރައްކާތެރިކުރުމަކީ ދިވެހި ފުލުހުންގެ ޒިންމާއެއް ކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ.
ހަމައެއާއެކު ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކުވައިދެނީ ޤައުމާއި ރައްޔިތުންނަށްޓަކައި ކޮށްދެވޭ ޚާއްސަ ޚިދުމަތްކަމަށް ނަވީން ފާހަގަކުރެއްވިއެވެ.
“މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާ ޔަޤީންކަމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން.” ނަވީން ވިދާޅުވިއެވެ.
އޭގެ އިތުރުން ސީޕީ ނަވީންގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ޤާނޫނުތައް ތަންފީޒު ކުރުމަށާއި، ރާއްޖެ މިނިވަން ރައްކާތެރި ޤައުމަކަށް ހެދުމަށާއި، ކުށްތަކާއި ކުށުގެ ބިރުވެރިކަމުން މުޖްތަމައު ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު