ބޭރު ގައުމުގެ ވެރިޔަކަށް މަރުހަބާ ކިޔުމުގެ ނަމުގައި އިސްލާމްދީން ގުރުބާން ކޮށްގެން ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުަހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރު މޯދީ މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، މޯދީއަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައިވަނީ ވަރަށް ކުަލަގަދަކޮށެވެ. އެގޮތުން ސްކޫލް ކުދިންގެ ހާއްސަ ޑާންސް ހަރަކާތެއްވެސް މޯދީއަށް މަރުހަބާ ދެންނެވުމަށް ބާއްވާފައިވެއެވެ.
މި ޑާންސް ހަރަކާތް ބޭއްވުމާ ގުޅިގެން ނުރުހުން ފާޅުކުރަމުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިޔާޒް ވިދާޅުވީ ބޭރު ޤައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގެންނެވުމުން މަރްޙަބާ ދަންނަވާ އަދި މެހްމާންދާރީ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރާއިރު އިސްލާމްދީން ގުރުބާން ކޮށްގެން ނުވާނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.
"ޢިއްފަތްތެރި ލޯބިލޯބި އަންހެން ކުދިންކޮޅެއް މަގުމައްޗަށް ނެރެ އެކުދިން ލައްވާ ނަށުވާ ހެދުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. ޚާއްޞަގޮތެއްގައި ދީންވެރިއެއްގެ ގޮތުގައި ލޭބަލްވެގެން ވެރިކަމަށް ވަޑައިގެން ހުންނެވި ރައީސް މުއިއްޒުގެ ސަރުކާރުން މިފަދަ ކަމެއް ކުރެއްވީމާ ވަރަށް ދެރަވަރު." އިޔާޒް ވިދާޅުވިއެވެ.
މީގެ ކުރިން މިފަދަ ކަންތަކަށް ނުރުހުން ފާޅުކޮށް، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވި ބޭފުޅުންނަށް މިއަދުގެ މިމަންޒަރުތައް ފެނިވަޑައިނުގަންނަވާކަމީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިޚްލާޞްތެރިކަމެއް ހުރިނަމަ މުންކަރާތް މަނާކުރަންޖެހޭނީ ވަކި މީހަކު ވެރިކަމުގައި ހުރީމާ އެކަންޏެއް ނޫން." އިޔާޒް ވިދާޅުވިއެވެ.

ބޭރު ޤައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގެންނެވުމުން މަރްޙަބާ ދަންނަވާ އަދި މެހްމާންދާރީ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަންޖެހޭނެ. ނަމަވެސް، އަޅުގަޑުމެންގެ އިސްލާމްދީން ޤުރްބާންކޮށްގެން ނުވާނެ. ޢިއްފަތްތެރި ލޯބިލޯބި އަންހެން ކުދިންކޮޅެއް މަގުމައްޗަށް ނެރެ އެކުދިން ލައްވާ… https://t.co/2cnfvZOkSq
— Dr.Mohamed Iyaz (@dr_iyaz) July 25, 2025
"ޢިއްފަތްތެރި ލޯބިލޯބި އަންހެން ކުދިންކޮޅެއް މަގުމައްޗަށް ނެރެ އެކުދިން ލައްވާ ނަށުވާ ހެދުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. ޚާއްޞަގޮތެއްގައި ދީންވެރިއެއްގެ ގޮތުގައި ލޭބަލްވެގެން ވެރިކަމަށް ވަޑައިގެން ހުންނެވި ރައީސް މުއިއްޒުގެ ސަރުކާރުން މިފަދަ ކަމެއް ކުރެއްވީމާ ވަރަށް ދެރަވަރު." އިޔާޒް ވިދާޅުވިއެވެ.
މީގެ ކުރިން މިފަދަ ކަންތަކަށް ނުރުހުން ފާޅުކޮށް، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވި ބޭފުޅުންނަށް މިއަދުގެ މިމަންޒަރުތައް ފެނިވަޑައިނުގަންނަވާކަމީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިޚްލާޞްތެރިކަމެއް ހުރިނަމަ މުންކަރާތް މަނާކުރަންޖެހޭނީ ވަކި މީހަކު ވެރިކަމުގައި ހުރީމާ އެކަންޏެއް ނޫން." އިޔާޒް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު