ހިޔާ ފްލެޓުތައް
ހިޔާ ފްލެޓުތައް
ހިޔާ ފްލެޓުގެ 3 ޓަވަރަކުން މިރޭ ދަންވަރުގެ އެކި ގަޑި ގަނޑިތަކުގައި ފެންކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކުރިން ހަމަޖެހިފައިވާ މަރާމާތު މަސައްކަތްތަކެއް ކުރުމަށްޓަކައި މިރޭ ދަންވަރުގެ ބައެއް ގަޑިތަކުގައި ހިޔަ ޓަވަރު 2 އާއި ހިޔާ ޓަވަރު 7 އާއި ހިޔަ ޓަވަރު 15 އިގެ ބައެއް ފަންގިފިލާތަކުން ފެނުގެ ޚިދުމަތް މެދު ކެނެޑޭނެ ކަމަށެވެ.

އެގޮތުން ފެނުގެ ޚިދުމަތް ކެނޑޭނެ ޓަވަރުތަކާއި ފަންގިފިލާ ތަކާއި ގަޑިތަކަކީ:

‎- ހިޔާ ޓަވަރު 2 ގެ 8 ވަނަ ފަންގިފިލާ އިން 16 ވަނަ ފަންގިފިލާ އަށް ދަންވަރު 00:30 އިން 01:00 އަށް

‎- ހިޔާ ޓަވަރު 7 ގެ ގްރައުންޑްފްލޯރ އިން 24 ވަނަ ފަންގިފިލާ އަށް ދަންވަރު 02:30 އިން 04:00 އަށް

‎- ހިޔާ ޓަވަރު 15 ގެ ގްރައުންޑް ފްލޯރ އިން 8 ވަނަ ފަންގިފިލާ އަށް، އަދި 16 ވަނަ ފަންގިފިލާ އިން 24 ވަނަ ފަންގިފިލާ އަށް ދަންވަރު 01:00 އިން 02:30 އަށް

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު