ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން، އިތުރު ހިދުމަތްތަކެއް ލިބޭ ގޮތަށް އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕްލިކޭޝަން އަޕްގްރޭޑުކޮށް އަލުން ލޯންޗުކޮށްފިއެވެ.
މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އަޕްގްރޭޑް ކޮށްފައިވާ އެޕް ލޯންޗުކޮށްދެއްވީ އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން ވިދާޅުވީ އާ ހިދުމަތްތަކަކާ އެކު ކުންފުނީގެ އެޕް އަލުން ލޯންޗު ކުރުމަކީ ޒަމާނީ ޓެކްނޮލަޖީގެ އެހީގައި ތިމާވެއްޓާއި ގުޅޭ ގޮތަކަށް އެ ކުންފުނީގެ ހިދުމަތްތައް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.
އަދި އެ އެޕްލިކޭޝަނަށް ގެނައި ބަދަލަކީ "މޯލްޑިވްސް 2.0"ގެ ދަށުން ކުންފުނިން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގުރާމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަތީން އިތުރަށް ވިދާޅުވީ އަލަށް ގެނައި ބަދަލުތަކާއި އެކު ކަސްޓަމަރުންނަށް ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބި، މިިހާރަށް ވުރެ އަވަހަށް އަދި ފުރިހަމައަށް ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އެޕަށް ގެނައި އަޕްގްރޭޑާ އެކު ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ހޯދުމަށް އެދި އެޕް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ކަސްޓަމަރުން ރިކުއެސްޓު ކުރި ހިދުމަތުގެ އެޕްލިކޭޝަންގެ އަޕްޑޭޓު ބެލުމުގެ އިތުރުން އެ ހިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ވެސް ދެއްކޭނެ އެވެ. އަދި އެޕްގައި އަލަށް ހިމަނާފައިވާ މަލްޓިޕޭ ފީޗާއާއެކު އެކި ހިދުމަތްތަކަށް އެއްފަހަރާ ފައިސާ ވެސް ދެއްކޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެޕަށް ގެނައި ބަދަލާ އެކު އެޕް މެދުވެރިކޮށް މީޓަރުގެ ރީޑިން އާއި ފޮޓޯއެއް އެޕަށް އަޕްލޯޑްކޮށްގެން މަހުގެ ކޮންމެ ހިސާބެއްގައި ވެސް ބިލް ހެދުމަށް އެދެވޭނެ ކަމަށެވެ. އަދި ސްމާޓް މީޓަރު ބޭނުންކުރާ ކަސްޓަމަރުންނަށް ފެންބޭނުން ކުރެވޭ މިންވަރު މޮނިޓާކޮށް ކޮންމެ ދުވަހަކު ވެސް ބިލަށް އަރާ އަދަދުތައް ބެލޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މީގެ އިތުރުން ސްމާޓް މީޓަރުތަކުން ކޮންމެ މަހަކު ވެސް ބިލަށް އަރާނެ މިންވަރު ލަފާކޮށް ދެނެގަތުމުގެ އިތުރުން އެއް އަހަރު ދުވަހުގެ އެކައުންޓް ސްޓޭޓުމަންޓް ވެސް އެޕް މެދުވެރިކޮށް ބެލޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު