ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު މެންދުރު ފަހުގެ 3:30 އާއި ހަމައަށް ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. މެޓް އޮފީހުން ބުނީ މި ސަރަޙައްދުތަކަށް މިއަދު 19 މޭލާއި 24 މޭލާ ދެމެދުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން ބުނެފައިވަނީ ޖުލައި 17 އިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ހުކުރު ދުވަހުގެ ފަތިހު އައި ވިލާގަނޑުގައި ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށާއި، މާލެ އަށާއި ހުޅުމާލެއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު