މުރައިދޫ ގެއެއްގެ ފުރާޅު އެއްލާލާފައި
މުރައިދޫ ގެއެއްގެ ފުރާޅު އެއްލާލާފައި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. މުރައިދުއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. މުރައިދޫގެ ބައެއް ގެތަކާއި ކައުންސިލު އިދާރާއަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ ހަވީރު އައި ކޮޅިގަނޑުގައި މުރައިދޫ މީހުން ދިރިއުޅޭ 3 ގެއަކާއި އެރަށު ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތުގެ ފުރާޅު އެއްލާލާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު ވަޒީރު ވިދާޅުވީ، އެރަށު ގޭގެއަށް ލިބުނު ގެއްލުންތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓްކޮށް، އޮންނަ އުޞޫލުގެ ތެރެއިން ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިފަދަ ޙާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ފެންނަ އިޖުތިމާޢީ ބަދަހިކަމަކީ ހިތަަށް ފިނިކަންލިބި، ދިރުން ގެނެސްދޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ވިއްސާރާގައި މުރައިދުއަށް ގެއްލުންތަކެއް ވެފައިވާއިރު، މާލޭ ސަރަޙައްދަށްވެސް މި ވިއްސާރާގައި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު